Advertisement

ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މެމްބަރުން ހުރަސް އެޅުމުން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފި

28 ޖަނަވަރީ 2024 - 18:02 0

ސާއިފް ޝިޔާދު

ސ

Advertisement


ވަޒީރުންނަށް ރުހުން ދިނުމަށް ސަރުކާރުގެ މެމްބަރުން ހުރަސް އެޅުމުން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފި

28 ޖަނަވަރީ 2024 - 18:02 0

Advertisement

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާއަށް ސަރުކާރުގެ މެންބަރުން ހުރަސްއެޅުމުގެ ސަބަބުން މިރޭވެސް ކުރިއަށް ނުގެންދެވި އެންމެފަހުން ޖަލްސާ ނިންމާލައިފި އެވެ.

މިއަދުގެ ޖަލްސާ ފުރަތަމަ ފެށީ ހެދުނު 9:00 ގަ އެވެ. އެ ދަންފަޅީގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި ވޯޓުލާ ދަންފަޅި ފެށުމަށް މަސައްކަތް ކުރުމުން ސަރުކާރުގެ މެންބަރުން ވަނީ އެކަމަށް ހުރަަސް އަޅާފަ އެވެ.

Advertisement

އޭގެ ފަހުން ޖަލްސާ ބޭއްވުމަށް މިރޭ 08:00 އިން ފެށިގެން މަސައްކަތް ކުރިއިރު އެކަން ވެސް ކާމިޔާބު ނުވެ މެދުކަނޑާލި އެވެ.

އެއަށްފަހު, އަނެއްކާ ވެސް 10:30 ގައި ޖަލްސާ ބާއްވަން މަސައްކަތް ފެށި އެވެ. އޭރު ރިޔާސަތުގައި ހުރި މައިކް ސިސްޓަމް ނެގުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިންނެވީ ވަޒީރުން ތިއްބަވާ މޭޒުގަ އެވެ.

އަދި, ދެ މެމްބަރަކަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވި އެވެ. އެއަށް ފަހު ވެސް މުޅި މަޖިލިސް ކުރާ ހޯލުން ވެސް ދުންމާރީގެ އަޑު ކެނޑިފައިނުވާއިރު 10:57 ހާއިރު އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ.

Advertisement

އެހެންކަމުން, އަދިވެސް ރުހުން ދިނުމުގެ ކަންކަން އޮތީ ވާނުވާގަ އެވެ.