28 ޖަނަވަރީ 2024 - 14:12 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ މިހާރު ބަލަނީ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލުން ކަމަށް ސަރުކާރުން ބުނެފި - ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2024 - 14:12 0
ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ މައްސަލަ މިހާރު ބަލަމުންދަނީ އިކޮނޮމިކް އަދި ސޯޝަލް ކައުންސިލުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހީމް އެހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މި ސިޓީ ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ގަ އެވެ.
އެއަށްފަހު ޑިސެމްބަރު، 5، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މައްސަލަ ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މީގެ މަޝްވަރާތައް ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގައި އެބަ ކުރިއަށްދާ ވާހަކަ" ނާޒިމް ވިދާޅުވި އެވެ.
ފެކްޓް ޗެކް: އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބާރު ރައީސްއަށް އޮވޭ
ގަވާއިދުގައި، ސަރުކާރުން ވަކި ގައުމެއްގެ މީހުން ރާއްޖެ އެތެރެވުން މަނާކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ސަރުކާރުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން، ސިޓީއަކުން ނުވަތަ އިއުލާނަކުންވެސް މިކަން ކުރެވޭނެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސްއަށް ލަފާ އަރުވަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ އެ ކޮމިޓީގެ ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ނިންމީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ މަޖިލީހުގެ އިދާރާ ކައިރި މުޒާހަރާ ކުރުމުން އެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 12،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުން ވާނީ ވަރުގަދަ މެސެޖަކަށް!
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދަނީ ބޮޑު ގަތުލުއާއްމެކެވެ. ޝަހީދުންގެ އަދަދު 3،000 ފަހަނަ އަޅައި ގޮސްފައި ވާއިރު ދިވެހީންގެ އެތައް ބަޔަކު އެދި ގޮވަނީ އިޒްރޭލުމީހުން މި ފަސްގަނޑަށް ނޭރުވުމަށެވެ. އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށެވެ.

އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލާގައިވެސް ރާއްޖޭން ބައިވެރިވާން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާންމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment