Advertisement

އަޑީގައި ހުންނަވައި ސޯލިހު މަސައްކަތް ކުރައްވަނީ ސިޔާސީ ހަމަޖެހުން ނަގާލަން: ޝަހީމް

28 ޖަނަވަރީ 2024 - 13:12 2

ހަސަން މުހައްމަދު

ހ

Advertisement

އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ ސޯލިހު މަސައްކަތް ކުރައްވަނީ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަޑީގައި ހުންނަވައި ސޯލިހު މަސައްކަތް ކުރައްވަނީ ސިޔާސީ ހަމަޖެހުން ނަގާލަން: ޝަހީމް

28 ޖަނަވަރީ 2024 - 13:12 2

Advertisement

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ސިޔާސީ ހަމަޖެހުން ނަގާލަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމުމަށްފަހު މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯލިހު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަން ކަމަށެވެ.

Advertisement

"އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ރާއްޖޭގެ ދިމިގުރާތީ ނިޒާމު ހަލާކުކޮށްލައި ސިޔާސީ ހަމަޖެހުން ނަގާލަން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝަހީމް ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ހައިދަރާއި ޝަހީމް އާއި އުޝާމަށް ރުހުން ނުދިނުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަަށް ހުރަސްއަޅައިފަ އެވެ. އެކަމުގެ ތެރޭގައި ބައެއް މެމްބަރުންގެ މެދުގައި މާރާމާރީ ވެސް ހިނގާފައިވެ އެވެ. އެގޮތުން މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި މެމްބަރު އަހުމަދު އީސާއާ ދެމެދު ވަނީ މާރާމާރީއެއް ހިނގައިފަ އެވެ.

Advertisement

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބޮންއަކުއާ

about 1 year ago

ޑރ. އަފްރާޝިމްގެ މަރާގުޅިގެން ހިންގި ތަހުގީގު ރިޕޯޓުގައި ޝަހީމަށް ރައްދުވާ ބައެއްކަންކަން ސާފުނުވެ އެބަހުރި. އެކަމަށް ފުރިހަމައަށް ޖަވާބުދާރީނުވަނީސް ދައުލަތުގެ އެއްވެސް ކަމެއްގައި ބައިވެރިކުރުމަށް ރައްޔިތުންގެ ފަރާތުން ރުހުންދޭކަށް ނުފެނޭ!

ލަދު

about 1 year ago

އެއްވެސް މީޑިއާއަކުން މިކަން ފާހަގަނުކުރާތީ ހިތާމަކުރަން. ޝުކުރިއްޔާ