Advertisement

ރުހުން ނުދޭން ނިންމުމުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައިފި

28 ޖަނަވަރީ 2024 - 08:36 0

Advertisement


ރުހުން ނުދޭން ނިންމުމުން ސަރުކާރަށް ތާއީދު ކުރާ މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައިފި

28 ޖަނަވަރީ 2024 - 08:36 0

Advertisement

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި ވަނީ 1:30 އަށެވެ.

Advertisement

މި ނޫހާ ވާހަކަ ދެއްކި ބައެއް މެންބަރުން ބުނީ އާންމު މެންބަރުން ވަންނަން ހާއްސަކޮށްފައިވާ ދެ ދޮރު ވެސް ހުރީ ތަޅުލާފައި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ތަޅުމަށް ވަނުމަށް ހާއްސަކޮށްފައިވާ ދޮރު ބޭނުންކޮށްގެން މެންބަރުން ވަންނަން މަސައްކަތް ކުރާ ކަމަށް ބައެއް މެންބަރުން ބުންޏެވެ.

ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި ދުންމާރި ފަދަ ތަކެތި ހިފައިގެން ހަރަކާތްތެރިވަމުންނެވެ. މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ.

Advertisement

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.