Advertisement

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ފާޅުގައި ހުރަސް އެޅުން: ސަރުކާރު ކޯލިޝަން

28 ޖަނަވަރީ 2024 - 07:44 0

މިންހާ އަބްދުﷲ

މ

Advertisement

މި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް، ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ރައީސް އޮފީސް


ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ފާޅުގައި ހުރަސް އެޅުން: ސަރުކާރު ކޯލިޝަން

28 ޖަނަވަރީ 2024 - 07:44 0

Advertisement

Advertisement

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ފާޅުގައި ހުރަސް އެޅުން ކަމަށް ސަރުކާރު ކޯލިޝަން އިން ބުނެފި އެވެ.

މަޖިލީހުން މެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޑިމޮކްރެޓްސް އިން ވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން މިއަދު ހާމަކޮށްފައި ވާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަދި ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ، މަސައްކަތްތައް ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުން ކަމަށެވެ.

Advertisement

އަދި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށް ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ވުޒާރާތަކަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ރައީސްގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

ރައީސްގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރަތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލު ބޭފުޅުން އައްޔަން ކުރެއްވުން އެއީ ރައީސްގެ ޒިންމާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި، ރައީސް އައްޔަން ކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ގާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ބޭފުޅުން ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ބުންޏެވެ.

Advertisement

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ބަޔާނުގައި ވެއެވެ.

ރުހުން ނުދޭން ނިންމީ ޒަމީރު، އުޝާމް، ހައިދަރު އަދި ޝަހީމަށް

ހައުސިން މިނިސްޓަރު އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީން މިވަގުތު ކުރިއަށް ގެންދާ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް އިތުރު ވަޒީރަކަށް ރުހުން ނުދޭން އަދި ފާހެއް ނުވެ އެވެ.

ރުހުން ނުދޭން ނިންމީ ޒަމީރު، އުޝާމް، ހައިދަރު އަދި ޝަހީމަށް

ހައުސިން މިނިސްޓަރު އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީން މިވަގުތު ކުރިއަށް ގެންދާ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް އިތުރު ވަޒީރަކަށް ރުހުން ނުދޭން އަދި ފާހެއް ނުވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ފޮނުވުމުން އެ މައްސަލަ ނިންމާފައި އޮތީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި އަނބުރާ ކޮމިޓީއަށް ފޮނުވާލި އެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރަށް ދެ މަސް ވީއިރު ވެސް، ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދީފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މަސައްކަތަށް ފާޑު ކިޔައި، ޕީއެންސީގެ ޗެއާ ޕާސަން އަދި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވަނީ ވަޒީރުންނަށް ރުހުން ނުދިނަސް ހެޔޮ ކަމަށް ވިދާޅުވެފަ އެވެ.