Advertisement

ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމީ ޒަމީރު، އުޝާމް، ހައިދަރު އަދި ޝަހީމަށް

28 ޖަނަވަރީ 2024 - 06:28 1

ހަސަން މުހައްމަދު

ހ

Advertisement


ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމީ ޒަމީރު، އުޝާމް، ހައިދަރު އަދި ޝަހީމަށް

28 ޖަނަވަރީ 2024 - 06:28 1

Advertisement

Advertisement

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ހަތަރު ވަޒީރަކަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ފާސް ކުރީ އެ ޕާޓީން ބޭއްވި ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގަ އެވެ. އެ ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ފާސް ކުރިއިރު، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

Advertisement

ހައުސިން މިނިސްޓަރު އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީން މިވަގުތު ކުރިއަށް ގެންދާ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް, އިތުރު ވަޒީރަކަށް ރުހުން ނުދޭން އަދި ފާހެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އިއްވާފައިވާއިރު ވޯޓުލުން އޮންނާނީ މެންދުރު 1:30 ގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެކަން ކުރިއާލާ ހާމަކޮށްފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.

Advertisement

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މުޖުތާޒު

about 1 year ago

ޥަޒީރުންނަށް ރުހުންނުދީ 2024ގަ ވޯޓްހޯދަންއަންނާނެކަމެއްނެތް އެކަކުވެސް ވަރިހަމަ ދިމޮކްރޭތުންވިޔަސް އަދި އެމްޑީޕީ ވިޔަސް