28 ޖަނަވަރީ 2024 - 06:27 0
ސާއިފް ޝިޔާދު
ރައީސް މުއިއްޒު އަދި ނައިބު ރައީސް ވާހަކަ ދައްކަވަނީ. މިއަދު މަޖިލީހުގައި އޮތީ ރުހުން ދިނުމުގެ ކަންކަން --- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2024 - 06:27 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ދައްކަމުންދާ ހުއްޖަތްތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އިއްވާފައިވާއިރު ވޯޓުލުން އޮންނާނީ މެންދުރު 1:30 ގަ އެވެ.
"ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިހުތިޔާރު ކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުން. މިކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރަން," ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އަށާރަވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވެސް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ފުރުއްވި ހުސައިން މިގޮތަށް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ބުނެފައި ވަނިކޮށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުން ހިމެނޭއިރު ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައިވާއިރު އެ ދެ ޕާޓީން ގުޅިގެން މަސައްކަތް ކުރަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment