Advertisement

އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ހަލާކުވުމުން މަލްޓި ކުކަރަކަށް ބަދަލު ދޭން އޮމްބަޑްސްމަން އަންގައިފި

29 ޖަނަވަރީ 2024 - 10:38 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ފިހާރައެއްގެ މުދަލެއް ގަންނަން މީހަކު ވޮލެޓުން ފައިސާ ނަގަނީ: ކޮންސިއުމާ އޮމްބަޑްސްމަން ގާނޫނަށް އަމަލުކުރަން ފެށީ 2020 ވަނަ އަހަރު -- ފޮޓޯ: އަދަދު ފައިލް


އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ހަލާކުވުމުން މަލްޓި ކުކަރަކަށް ބަދަލު ދޭން އޮމްބަޑްސްމަން އަންގައިފި

29 ޖަނަވަރީ 2024 - 10:38 0

ގަތްތާ އެންމެ ދެ މަސް ދުވަހުގެ ތެރޭގައި މަލްޓިކުކާ އެއް ހަލާކުވި މައްސަލައިގައި ކަސްޓަމަރަށް ބަދަލު ދޭން އަންގައި މުދާ ވިއްކި ފަރާތް ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުން ޖޫރިމަނާކޮށްފި ބަލައިފި އެވެ.

މަލްޓިކުކާގެ މައްސަލަ، ބްރަދަހުޑް އިލެކްޓްރޯނިކްސް ފިހާރަ ހިންގާ އެފިޝިއަންޓްބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ހުށަހެޅީ ސްރީލަންކާގެ ރައްޔިތެކެވެ.

އެ މައްސަލަ ހުށަހެޅި މީހާ ޝަކުވާ ކޮށްފައިވަނީ، ބްރަދަހުޑް އިލެކްޓްރޯނިކްސް އިން ހިންގި ޕްރޮމޯޝަނެއްގަ 430ރ. އަށް ގަތް މަލްޓިކުކާއެއްގެ ތެލީގެ އެތެރޭގައިވާ ތަތްނުލަވާ ކޯޓިން ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ނެއްޓި އަދި ތެލީގެ ބޭރުގައި ދަބަރު ޖަހައިގެންނެވެ. ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުގައި އޭނާ އެދިފައިވަނީ، ކުކަރުގެ ތެލި ކެއްކުމަށް އެކަށީގެން ނުވެގެން ބަދަލު ހޯދުމަށް އެދުމުން، ކުކަރު ވިއްކި ފަރާތުން ބަދަލުދޭން ދެކޮޅު ހަދާފައިވާތީ ބަދަލު ނަގައިދިނުމަށެވެ.

ކުކަރުގެ މައްސަލާގައި ދެ ފަރާތުގެ ވާހަކަތަކަށް ބަލައި، ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުން ނިންމީ، ކުކަރުގެ އަގު ކުކަރު ގަތް މީހާ އަށް ތިން ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށް އެންގުމަށާއިި ކުކަރު ވިއްކި ފަރާތް، 5000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

މި މައްސަލާގައި، ކުކަރު ވިއްކި ފަރާތުން ބުނެފައިވަނީ، ބަދަލު ހޯދުމަށް އެދިފައިވަނީ އެކަމަށް ދީފައިވާ މުއްދަތަށްވުރެ މާފަހުން ކަމަށާއި އަދި ތެލި ދޮންނަ ގޮތުން ވެސް ކުކަރުގެ ތެލި ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް، މުދާ ގަންނަ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނާ ހާވާލާދީ، ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުން ނިންމީ އެ މުއާމަލާތުގައި ހިމެނޭ މުދަލުގެ ބާވަތާއި ބައެއް އެހެން ކަންކަމަށް ބަލާއިރު، ކުކަރުގައި ހުރި މައްސަލައެއް ފާހަގަވުމަށް، ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސް ހޭދަވުން އެކަށީގެންވާ ކަމަށެވެ.