28 ޖަނަވަރީ 2024 - 05:32 0
އަމަން ހަލީމް
ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ޓިކެޓް ލިބިވަޑައިނުގެންނެވި، އަނާރާ ނައީމް (ކ)، ދުންޔާ މައުމޫނު (މ) އަދި މުހައްމަދު ވަހީދު
28 ޖަނަވަރީ 2024 - 05:32 0
ރައްޔިތުންގެ މަޖިލީހަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޓިކެޓުގައި ވާދަކުރާނެ މީހުން ހޮވަން ބޭއްވި ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ބައެއް މަޖިލިސް މެމްބަރުން ހިމެނިވަޑައިގެންފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބޭއްވި ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެނޑިޑޭޓުން ވާދަކުރި އެވެ. މި ޕްރައިމަރީގައި 71،597 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބުނެވެ. މީގެ ތެރެއިން ވޯޓުގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނޫނެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރެއްވި ގިނަ މީހުންނަކީ ކުރިން ވެސް މަޖިލިސް މެމްބަރުކަން ނުވަތަ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ މީހުންނެވެ. އޭގެ ތެރޭގައި 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ ތިއްބެވި މެމްބަރު ހިމެނިވަޑައިގަންނަވަ އެވެ.
ކުރިން މެމްބަރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޓިކެޓު ނުލިބުނީ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ އިތުރުން އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment