ނާޒިމް ހިމެނޭހެން ކުރީގެ ގިނަ މެންބަރުންނަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓު ކަށަވަރުވެއްޖެ

27 ޖަނަވަރީ 2024 - 16:47 0

އަހުމަދު އާއިދު

އ

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް: ނާޒިމް ހިމެނޭހެން ކުރީގެ ގިނަ މެންބަރުންނަށް ޕީއެންސީގެ ޓިކެޓު ކަށަވަރުވެއްޖެ -- ފޮޓޯ: މަޖިލިސް


ނާޒިމް ހިމެނޭހެން ކުރީގެ ގިނަ މެންބަރުންނަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓު ކަށަވަރުވެއްޖެ

27 ޖަނަވަރީ 2024 - 16:47 0

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް, އަދި 17 އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންނަށް ތިއްބެވި ބޭފުޅުންނަށް ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މަޖިލިސް ޓިކެޓު ކަށަވަރުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީ ކުރިއަށް ދިޔައީ މިއަދު ހެދުނު 10:00 އިން ހަވީރު 5:00 އަށެވެ. ބައެއް ފޮށިތަކުގައި އިރުއޮއްސުމާ ހަމައަށް ވޯޓުލުން ދިޔައިރު، ވޯޓުލެވޭ މީހުންގެ ލިސްޓުގައި މައްސަލަ ހުރި ކަމަަށް ބުނެ މާލޭގެ ބައެއް ފޮށިތަކުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިންގާފައިވެ އެވެ.

ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު 71،597 މީހުންނަށް ލިބުނުއިރު، 73 ދާއިރާއަކަށް ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރި އެވެ.

ސަރުކާރު ކޯލިޝަނުގެ ޓިކެޓު ކާމިޔާބުވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • ދިއްގަރު ދާއިރާ - އަހުމަދު ނާޒިމް [ޕީއެންސީީ]
  • ވިލިމާލެ - މުހައްމަދު އިސްމާއިލް [ޕީޕީއެމް]
  • މާފަންނު މެދު - އަސްމާ ރަޝީދު [ޕީޕީއެމް]
  • ތިނަދޫ އުތުރު - ސައުދުﷲ ހިލްމީ
  • ދިއްދޫ ދާއިރާ - އަބްދުއްލަތީފް މުހައްމަދު [ޕީޕީއެމް]
  • އިނގުރައިދޫ ދާއިރާ - މުހައްމަދު ފަލާހު [ޕީޕީއެމް]
  • މާފަންނު ދެކުނު - އަބްދުﷲ ރިފާއު (ބޮޗޭ) [ޕީޕީއެމް]
  • ތުލުސްދޫ ދާއިރާ - އަހުމަދު ނަސީމް [ޕީއެންސީ]
  • މިލަންދޫ ދާއިރާ - ހަސަން މުފީދު [ޕީޕީއެމް]
  • ވެލިދޫ ދާއިރާ - މުހައްމަދު ނަވީޒު [ޕީއެންސީ]
  • މަޑުއްވަރި ދާއިރާ - އަހުމަދު ޒާހިރު [ޕީއެންސީ]
  • ފުވައްމުލަކު މެދު - އަލީ ފަޒާދު [ޕީޕީއެމް]
  • ފުވައްމަލަކު އުތުރު - ހަމަދު އަބްދުﷲ
  • ފުވައްމުލަކު ދެކުނު - އިބްރާހިމް ހުސެއިން
  • ހެންވޭރު އުތުރު - އަހުމަދު އައިފާން [ޕީޕީއެމް]
  • މައްޗަންގޯޅި އުތުރު ދާއިރާ - އިބްރާހިމް މުހައްމަދު [ޕީއެންސީ]
  • ދުވާފަރު ދާއިރާ - މުހައްމަދު އަލީ [ޕީޕީއެމް]
  • ފޭދޫ ދާއިރާ - އިބްރާހިމް ދީދީ (އައިބީ) [ޕީޕީއެމް]

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރައިމަރީ ނުބޭއްވީ އިތުރު ކެނޑިޑޭޓަކު ވާދަނުކުރުމުން ޕްރައިމަރީއަކާ ނުލާ ޓިކެޓު ލިބުނު 13 މީހުންގެ ދާއިރާތަކަށާއި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ މީދޫ ދާއިރާގެ އެވެ.

އަންނަ މާޗު 17 ގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި މެމްބަރުން ހޮވާ 93 ދާއިރާގެ ތެރެއިން މަދުވެގެން 62 ދާއިރާ ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމަކީ ސަރުކާރުގެ ޓާގެޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވެ އެވެ.