Advertisement

ޕީއެންސީ ޕްރައިމަރީއާ ގުޅިގެން ޖަނަވަރީ މަގުން ފެށިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

27 ޖަނަވަރީ 2024 - 14:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވޯޓުލާ މީހުން ހެންވޭރު ދަނޑު ސަރަހައްދުގައި : ޕީއެންސީ ޕްރައިމަރީއާ ގުޅިގެން ޖަނަވަރީ މަގުން ފެށިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕީއެންސީ ޕްރައިމަރީއާ ގުޅިގެން ޖަނަވަރީ މަގުން ފެށިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

27 ޖަނަވަރީ 2024 - 14:59 0

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމާ ގުޅިގެން ޖަނަވަރީ މަގުން ފެށިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ފުލުހުން ބަދަލު ގެނެސްފި އެވެ.

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕްރައިމަރީގެ ވޯޓާ ގުޅިގެން ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވަނީ ބަދަލުގެނެވިފައިވާ ކަމަށާއި އެގޮތުން މަޖީދީ މަގު އިރުން ހުޅަނގަށް ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭގޮތަށް ޖަނަވަރީ މަގާ ހަމައަށް ވަނީ ބަންދުކުރެވިފައިވާ ކަމަށެވެ

"މިބަދަލާ ގުޅިގެން މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން. އަދި އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެ އެވެ.

މިއަދުގެ ވޯޓުގެ ގިނަ ވޯޓު ފޮށިތަކެއް ހެންވޭރު ދަނޑުގައި ބަހައްޓާފައިވާއިރު އެ ސަރަހައްދުގެ ޓްރެފިކް ވަަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ. ވޯޓުލާން ދާ ގިނަ ބަޔަކު ދަނީ މަޖީދީ މަގުގެ ދެ ފަޅީގައި ވެހިކަލްތައް ޕާކު ވެސް ކުރަމުންނެވެ.

ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދިޔަ ނަމަވެސް ވޯޓު ގުނުމުގެ ކަންކަމާއެކު ޕްރައިމަރީގެ މަސައްކަތް މިރޭގެ ތެރެއަށް ދިގުދެމިގެންދާނެ ކަމަށް ބެލެވެ އެވެ.