27 ޖަނަވަރީ 2024 - 08:11 0
މަރިޔަމް އަފާ ނިޒާމް
ހދ.ހަނިމާދޫ، މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން އަތުލައިގަތީ ޑްރަގް ވިޔަފާރީގެ ބޮޑެއް. އަދަދު ފައިލް ފޮޓޯ/އަދަދު
27 ޖަނަވަރީ 2024 - 08:11 0
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ޖެނުއަރީ 25، ގައި އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައި ފާސްކޮށް، ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެކަކު ފަސް ދުވަހަށް އަދި އަނެއް މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment