Advertisement

މުޅި ފުވައްމުލަކަށް ކަރަންޓު ދެވޭނީ މިރޭ ދަންވަރަށް: މޭޔަރު

24 ޖަނަވަރީ 2024 - 20:07 0

ނިމާ ހަސަން

ނިމާ ހަސަން

ފުވައްމުލަކުގައި 1000ކވއ ގެ ޓްރާންސްފޯމަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ފެނަކަ


މުޅި ފުވައްމުލަކަށް ކަރަންޓު ދެވޭނީ މިރޭ ދަންވަރަށް: މޭޔަރު

24 ޖަނަވަރީ 2024 - 20:07 0

ހަލާކުވި ޓްރާންސްފޯމަރު ބަދަލު ކުރުމަށްފަހު މުޅި ރަށަށް ކަރަންޓު ދެވޭ ވަރު ވާނީ މިރޭ ދަންވަރަށް ކަމަށް ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ގައި ހުރި 500 ކިލޯވޮޓް ގެ ޓްރާންސްފޯމަރެއް ހަލާކުވެގެން މިއަދު 3:30 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ފެނަކައިން ވަނީ ހަލާކުވި ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އިރުއޮއްސުމުގެ ކުރިން ކަރަންޓު ދީފަ އެވެ.

މޭޔަރު ރަފީގު މިރޭ "އަދަދު" އަށް ވިދާޅުވީ ހަލާކު ޓްރާންސްފޯމަރުން ކަރަންޓު ދޭ ސަރަހައްދު, ދަނޑިމަގު 'ވަލިބުރި' ސަރަަހައްދަށް ކަރަންޓު ދެވޭވަރު ވާނީ މިރޭ ދަންވަރު ކަމަށެވެ.

"ދަނޑިމަގު ވަލިބުރި [އެ އަވަށުގެ ސަރަހައްދެއް] ނޫން އެހެން ހުރިހާ ހިސާބަކަށް ކަރަންޓު ދެވިއްޖެ. އެ ހިސާބަށް ކަރަންޓު ދެވޭ ވަރު ވާނީ މިރޭ ދަންވަރަށް" ރަފީގު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެ ސަރަހައްދަށް އަދި ކަރަންޓު ނުދެވުނު ނަމަވެސް, ކަރަންޓު ނެތުމުގެ ސަބަބުން އެއްވެސް ގެއަކުން ރަސްމީކޮށް އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ.

ފުވައްމުލަކުން ކަރަންޓު ކެނޑުނީ, ފާއިތުވި 12 ދުވަހު، ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން ދާތީ ރައްޔިތުން ނުތަނަވަސްކަމެއްގައި ތިބި ދަނޑިވަޅެއްގަ އެވެ.

ސިލްސިލާކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވެފައި ވަނީ 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހަލާކުވުމުން ކަމަށާއި އެމަޖެންސީ ޕްރޮކިޔުމަންޓްގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން އިއްޔެ ބުނެފައި ވެއެވެ.

ޖުމުލަ 491.7 ހެކްޓަރުގެ ފުވައްމުލަކަކީ 11,000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށަށް ސިޓީއެއްގެ ދިނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.