Advertisement

ޑި ބްރޭނާ ވިއްކާލުމާ މެދު ސިޓީން ވިސްނާނެ އަގެއް ކަނޑައަޅައިފި

23 ޖަނަވަރީ 2024 - 06:40 0


ޑި ބްރޭނާ ވިއްކާލުމާ މެދު ސިޓީން ވިސްނާނެ އަގެއް ކަނޑައަޅައިފި

23 ޖަނަވަރީ 2024 - 06:40 0

މެންޗެސްޓާ (ޖެނުއަރީ 23) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވިއްކާލުމާ މެދު ސިޓީން ވިސްނާނެ އަގެއް ކަނޑައަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަނިޔާ އިން ރަނގަޅުވެ، ދާދި ފަހުން ކުޅުމަށް އެނބުރި އައި ޑި ބްރޭނާ، 32، ސިޓީއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީން ވަނީ މިދިޔަ ސީޒަނުގައި ޑި ބްރޭނާގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާކޮށްފަ އެވެ.

އެކަމަކު، މި ސީޒަނުގެ ފުރަތަމަ މެޗުގައި ޑި ބްރޭނާ އަށް އަނިޔާވުމާ އެކު، އަނިޔާ އިން ރިކަވާ ވުމަށް ފޯކަސް ކުރަން ފުރުސަތު ދޭން ސިޓީން އޭނާގެ ކޮންޓްރެކްޓް ވާހަކަތައް މަޑުޖައްސާލީ އެވެ. ކުޅުމަށް އެނބުރި އައިސް ޑި ބްރޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އެ ގޮތުން، ސިޓީން ނިއުކާސަލް ބަލިކުރި މެޗުގައި ބެންޗުން އަރައި، ޑި ބްރޭނާގެ މަސައްކަތުން ސިޓީ އަށް ތިން ޕޮއިންޓް ހޯދައިިދިނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ފަސް މަހެއްހާ ދުވަސް ތެރޭ ސިޓީން ޑި ބްރޭނާގެ ކޮންޓްރެކްޓް އާ ކުރުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ގޮތުން، ސިޓީން ވިސްނަނީ، އެންމެ ބޮޑަށް ވެސް ޑި ބްރޭނާ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށެވެ. މާނަ އަކީ 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އާ ކުރާށެވެ.

ސިޓީން ޑި ބްރޭނާ ވިއްކާލަން މަޝްވަރާ އަށް ތައްޔާރުވާނެ ކަމަށް ބެލެވޭ އަގަކީ، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހުށަހެޅުމެއް ލިބިއްޖެނަމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއި އަލް ނަސްރުން ޑި ބްރޭނާ އަށް އެ ވަރުގެ ބިޑެއް ކުރި ނަމަވެސް އޭނާ އެ ހުށަހެޅުމަށް ރުހި ސައުދީ އަށް ކުޅެން ދާނެ ކަމަށް ނުބެލެވެ އެވެ. ޑި ބްރޭނާ އަށް ސްޕެއިނާއި އިޓަލީ އަދި އެމެރިކާގެ ކްލަބްތަކުން ވެސް ބޮޑު އަގުގެ ހުށަހެޅުން ލިބޭނެ އެވެ.

ސިޓީން ޑި ބްރޭނާ ގަތީ، 2015 ވަަނަ އަހަރު ވުލްފްސްބާގް އަށް 65 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ. އޭގެ ފަހުން، އޭނާ އަންނަނީ ސިޓީން ހޯދަމުން އަންނަ ގިނަ ކާމިޔާބީތަކުގައި އިސް ރޯލެއް ކުޅެމުންނެވެ. ޑި ބްރޭނާ ވަނީ ޕްރިމިއާ ލީގުގެ ތަށި ސިޓީގައި ހުރެ ފަސް ފަހަރު ހޯދައިފަ އެވެ.