Advertisement

ހަނގާ ކުރަމުން ގޮސް ގޮނޑި އާއި މޭޒުން ތަޅައި ހުވަދޫ ސްކޫލުގެ ދަރިވަރަކަށް ބޮޑެތި އަނިޔާތަކެއް!

21 ޖަނަވަރީ 2024 - 12:00 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހުވަދޫ ސްކޫލުގައި ހަނގާކޮށް އަނިޔާކޮށްފައިވާ ކުއްޖާ -- ފޮޓޯ: ސޯޝަލް މީޑިއާ


ހަނގާ ކުރަމުން ގޮސް ގޮނޑި އާއި މޭޒުން ތަޅައި ހުވަދޫ ސްކޫލުގެ ދަރިވަރަކަށް ބޮޑެތި އަނިޔާތަކެއް!

21 ޖަނަވަރީ 2024 - 12:00 0

ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ކުއްޖަކަށް ހަނގާ ކުރަމުން ގޮސް، ކްލާސް ރޫމުގައި ހުރި ފަރުނީޗަރުން އޭނާ ގައިގައި ތަޅައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލެއެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލައިގައި "އަދަދު" އަށް މައުލޫމާތުދެމުން އަނިޔާ ލިބުނު އުމުރުން 11 އަހަރުގެ އެ ކުއްޖާގެ އާއިލާގެ މީހަކު ބުނީ އެކުއްޖާއަށް ހަނގާކޮށް އެކިކަހަލަ ގޯނާ ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ހަނގާކުރަނީ އެކުއްޖާގެ ސްކޫލުގައި އުޅޭ ހަތަރު ކުއްޖަކު ބައިވެރިވެގެން ކަމަށް އޭނާ ބުންޏެވެ.

އެ ކުއްޖާއަށް އަނިޔާ ކުރަމުން ގޮސް މިދިޔަ ހޯމަ ދުވަހު ގައިގައި ގޮނޑި އާއި މޭޒުން ތަޅައި ވަރަށް ބޮޑަށް ހާނީއްކަކޮށްފައިވާ އާއިލާއިން ބުންޏެވެ. އަނިޔާ ލިބިފައިވަނީ އެކުއްޖާގެ ކަރަށާއި މައިބަދައަށެވެ.

"ކަރާ ދިމާލު ކަށިގަނޑު ވަރަށް ބޮޑަށް ފުއްޕާފަ އޮތީ. މިހާރު އެމްއާރްއައި އަދި އެކްސްރޭ ވެސް ނަގައިފިން. ނަތީޖާ ލިބުނީމަ އަނިޔާގެ ސީރިއަސްކަން އިނގޭނީ،" އާއިލާގެ ފަރާތުން މައުލޫމާތުދިން ފަރާތް ހިއްސާކުރި އެވެ.

މި މައްސަލަ ސްކޫލަށް ހުށަހަޅެތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި މައްސަލައަށް ހައްލެއް ހޯދައިދޭން ހުވަދޫ ސްކޫލުން މަސައްކަތް ނުކުރާކަން ކުއްޖާގެ އާއިލާއިން ބުނެ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅައިފައިވާނެ ކަމަށް އާއިލާއިން ބުންޏެވެ.

"ސްކޫލަށް ހުށަހަޅައިގެން އެއްވެސް ހައްލެއް ނުލިބޭ. ޕްރިންސިޕަލް ވެސް ފުރައިގެން ގޮސްވީ،" އާއިލާއިން ފާހަގަކުރި އެވެ.