Advertisement

އޭޑީކޭގެ ޖެނެރަލް ޓްރޭޑިންއިން އާ ދެ އުފެއްދުމެއް، އެފްއެންބީ ޝޯގައި 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ

18 ޖަނަވަރީ 2024 - 22:08 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެފްއެންބީ ޝޯގައި ހުރި އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ސްޓޯލް. -- ފޮޓޯ: އަދަދު


އޭޑީކޭގެ ޖެނެރަލް ޓްރޭޑިންއިން އާ ދެ އުފެއްދުމެއް، އެފްއެންބީ ޝޯގައި 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ

18 ޖަނަވަރީ 2024 - 22:08 1

ހުޅުމާލޭގައި ކުރިއަށްދާ އެފްއެންބީ ޝޯގައި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އާ ދެ އުފެއްދުމެއް މިއަދު ތައާރަފުކޮށްފި އެވެ.

އެއީ ފިޓް އެންޑު ފްލެކްސް އާއި ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ، މިލްކީ ލަކްސް އެވެ. މި ދެ ބްރޭންޑުގެ އުފެއްދުންތަކަށް އެފްއެންބީ ޝޯގައި 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.

ފިޓް އެންޑު ފްލެކްސް އުފެއްދުންތަކުގެ ތެރޭގައި ނާސްތާއަށް ކަމުދާނެ ސީރިއަލް، މޫސިލް، ގްރޮނޯލާ ހިމެނެ އެވެ.

"ފިޓު އެންޑް ފްލެކްސްއަކީ އެންމެ ފަހުގެ، އަދި ސިއްހަތަށް ރަނގަޅު ފުޑް ޕްރޯސްކުރާ މެތޮޑު ބޭނުންކޮށްގެން އުފައްދާގައިވާ ޕްރޮޑަކްޓެއް. އެހެންވެ، ކާނާގެ ފުރިހަމަ ފައިދާ ހަށިގަނޑަށް މިއިން ލިބިގެންދާނެ،" އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޕީއާރު އެންޑް މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވި އެވެ.

މި ބްރޭންޑުގެ މިނީ ބައިޓްސްގެ ޗޮކްލެޓް ފްލޭވާ ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ފްރާންސްގެ މިލްކީ ލަކްސް ބްރޭންޑުގެ ތައާރަފުކޮށްފައި ވަނީ ޔޯގަޓްސް، ޔޯގަޓް ޑްރިންކު، ބަޓަރު، ޗީޒް، ވިޕި ކްރީމް، އަދި ސޯސްގެ ވައްތަރުތަކެވެ.

މި ތަކެތި އަގުހެޔޮކޮށް ގަތުމަށްޓަކައި، ހައިރައިޒުން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭގައި ބާއްވާ އެފްއެންބީ ޝޯއަށް ޒިޔާރަތްކުރާށެވެ.