Advertisement

ހުލާސާކޮށް އިއްޔެ: ސީރިއާގައި ތިބި 21 ދިވެއްސަކު ރާއްޖެ ގެނައުން

17 ޖަނަވަރީ 2024 - 06:18 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ސީރިއާއިން ގެނައި އާއިލާގެ ބަޔަކު މެޑިކަލް ޗެކަޕް ހެއްދުމަށް ފަހު ވެހިކަލަށް އަރުވައިގެން ގެންދަން ތަންޔާރު ވަނީ -- ފޮޓޯ: އަދަދު ނޫސް


ހުލާސާކޮށް އިއްޔެ: ސީރިއާގައި ތިބި 21 ދިވެއްސަކު ރާއްޖެ ގެނައުން

17 ޖަނަވަރީ 2024 - 06:18 0

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިން، ގެންދިޔަ އާއިލާތަކުގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން އިއްޔެ ރާއްޖެ ގެނަ އެވެ.

އެ މީހުން ރާއްޖެ ގެނައީ ޗާޓަރުކުރި އަމިއްލަ މަތިންދާ ބޯޓެއްގައި އިއްޔެ ހެނދުނު އެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" ނޫހަށް ވިދާޅުވީ އިއްޔެ ގެނައި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކުދިންނަކީ ސީރިއާގައި އުފަންވެފައިވާ ކުދިން ކަމަށާއި، އެ ކުދިން ދިވެހި ރަށްވެހިންނަށް ހެދީ ޑީއެންއޭ ޗެކްކުރުމަށް ފަހު ކަމަށެވެ.

ރާއްޖެ ގެނައި 21 މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، އެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒަށް އިއްޔެ ގެންދިޔަ އެވެ. އެމީހުން މުޖުތަމައަށް ދޫކުރާނީ އެ ސެންޓަރުގައި ރިހެބިލިޓޭޓް ކުރުމަށް ފަހުގަ އެވެ.

ސީރިއާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.

މުހިއްމު ބައެއް ހަބަރު