16 ޖަނަވަރީ 2024 - 13:50 1
އަމަން ހަލީމް
ދިވެހި ސިފައިން ޕެރޭޑެއްގައި: އަސްކަރިއްޔާއަށް ހޯދަމުން އަންނަނީ ކޯންޗެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
16 ޖަނަވަރީ 2024 - 13:50 1
އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ "ޕްލެޓްފޯމްތަކާއި ވަސީލަތްތައް" އެމްއެންޑީއެފްއަށް ހޯދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މީގެ ކުރިން މި ނޫހުން ވާނީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ގެންނަން އެއްބަސްވުމެއް ހެދި ކަމަށް ރިޕޯޓުކޮށްފަ އެވެ. އޭރު އެމްއެންޑީއެފްގެ އެއްވެސް ބަހެއް ނުލިބެ އެވެ.
އަސްކަރީ ޑްރޯންތަކެއް ހޯދަން 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް
މައުލޫމާތު ލިބިފައިވާ ގޮތުގައި ތުރުކީގެ އަސްކަރިއްޔާއަށް ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ޖުމުލަ އަގަކީ 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ). މި ފައިސާ ދޫކުރީ ކޮންޓިންޖެންސީ ބަޖެޓުން.
އަސްކަރީ ޑްރޯންތަކެއް ހޯދަން 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް
މައުލޫމާތު ލިބިފައިވާ ގޮތުގައި ތުރުކީގެ އަސްކަރިއްޔާއަށް ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ޖުމުލަ އަގަކީ 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ). މި ފައިސާ ދޫކުރީ ކޮންޓިންޖެންސީ ބަޖެޓުން.
ތުރުކީގެ އެއްބަސްވުމުގެ ނަން ނުގަނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި، ރާއްޖޭގެ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރަން އެމްއެންޑީއެފްއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާ އާއި ކާރިސާތަކުން ރައްކާތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސްހޫލިއްޔަތު މަތިކޮށްފައިވާ ކަމަށް ބަޔާނާކޮށްފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ބުނީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން، ކަނޑުމަތިން ހިނގާ ކުށްތައް ހުއްޓުވުމަށާއި މަސްކަނޑުތައް ރައްކާތެރިކުރުމަށާއި ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ ވާޖިބު އެމްއެންޑީއެފްއަށް މަތިކުރެވިފައިވާ ކަމަށެވެ.
"މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތަކެކެވެ." ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އަސްކަރިއްޔާއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސް އެވެ. ދެން މި ކޮމިޓީގައި ތިއްބަވަނީ ނައިބު ރައީސާއި ބަންޑާރަ ނައިބާއި ހަތަރު ވަޒީރުންނާއި ޗީފް އޮފް ޑިފެންސެވެ.
އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ދިވެހި ދައުލަތުގެ ނިޒާމުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު އެއީ ސީދާ ކޮން އެއްޗެއް ކަމެއް ހާމަކޮށްފައި ނުވެ އެވެ.
އެމްއެންޑީއެފްއަށް ވަސީލަތްތައް އިތުރުކުރަމުން މިދަނީ އިންޑިއާގެ ސިފައިން ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގަ އެވެ. ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވުމާއި މަރާމާތުކުރަން ތިބޭ އިންޑިއާ ސިފައިން މި އަހަރުގެ މާޗު 15 ގެ ކުރިން ރާއްޖޭން ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment