Advertisement

ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނުކޮށްފި

16 ޖަނަވަރީ 2024 - 12:31 0

ޝަމްހޫޒާ: ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވެއްގެ މަގާމުގައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނުކޮށްފި

16 ޖަނަވަރީ 2024 - 12:31 0

މާލޭ ވޯޓާ އެންޑް ސިވުރެޖް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމަށް ސ. ފޭދޫ، ނާޒްކީގޭ، ޝަމްހޫޒާ އަހުމަދު އައްޔަނުކޮށްފި އެވެ.

ވެރި ރަށް މާލެއަށް ފެނުގެ ހިދުމަތް ދީ، ނަރުދަމާގެ ނިޒާމު ބަލަހައްޓައިދޭ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ ޑިސެމްބަރު 26، 2023 ގަ އެވެ.

ޝަމްހޫޒާ މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އަދި އޭގެ ކުރިން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ ވަޒީފާ ވެސް އޭނާ އަދާ ކުރެއްވި އެވެ.

ކުރިން އެ މަގާމުގައި ހުންނެވީ އަހުމަދު މައުސޫމެވެ. ނަމަވެސް މެއި 28، 2023، ގައި މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށްފަހު އެވެ.

ނަޝީދުގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީގެ މަގާމުގަ އެވެ. މައުސޫމަކީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރާ ޕިރަމިޑްގެ ހިއްސާދާރެކެވެ.

އެމްޑަބްލިއުއެސްސީ އުފެއްދީ އޭޕްރީލް 1، 1995، ގަ އެވެ. އެ ކުންފުނިން ފުޅީގައި ބަންދުކޮށްގެން ބޯފެން ވެސް އުފައްދަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށާއި ރިސޯޓުތަކިުގައި ވެސް އެ ކުންފުނިން ހިދުމަތްދެ އެވެ.