Advertisement

ސަމޫހު އާއި ސުޒޭންގެ ވޯޓު ހާލަންޑަށް

16 ޖަނަވަރީ 2024 - 08:16 0

ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމު ބޭއްވި ޕްރެކްޓިހެއްގައި ސަމޫހު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސަމޫހު އާއި ސުޒޭންގެ ވޯޓު ހާލަންޑަށް

16 ޖަނަވަރީ 2024 - 08:16 0

ފީފާ ބެސްޓް އެވޯޑްސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓޭ) އާއި ކޯޗު އަލީ ސުޒޭން، އެއް ވަނަ ނޮމިނޭޝަން އަކަށް ވޯޓު ދީފައިވަނީ މެންޗެސްޓާ ސިޓީގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑަށެވެ.

ފީފާ އެވޯޑްސްގައި، ކޮންމެ ގައުމެއްގެ ކެޕްޓަނާއި ކޯޗު އަދި މީޑިއާ އަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މެސީ މި ފަހަރު ވެސް އެވޯޑް ހޯދިއިރު، މެސީ އާއި ހާލަންޑަށް އެއްވަރަށް ޕޮއިންޓް ލިބުނެވެ. އެހެން ނަމަވެސް، މެސީ އަށް އެވޯޑް ދޭން ނިންމީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ވޯޓު މެސީ އަށް ގިނަ ވުމުންނެވެ.

ރާއްޖޭގެ ކެޕްޓަންގެ ހައިސިއްޔަތުން ސަމޫހު ވޯޓުލާފައިވާއިރު، އޭނާ ވޯޓު ދިނީ، ހާލަންޑްގެ އިތުރުން ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ އަށެވެ. ސުޒޭންގެ ގަދަ ތިނެއްގައި ހާލަންޑަށް ފަހު ހިމެނެނީ، އެމްބާޕޭގެ އިތުރުން ނަޕޯލީގެ ފޯވާޑް، ވިކްޓަ އޮސީމެން އެވެ.

ރާއްޖޭގެ މީޑިއާ ސްލޮޓްގައި ވޯޓުލި ޝިމާޒް އަލީގެ އެއް ވަނަ ނޮމިނޭޝަން އަކީ މެސީ އެވެ. ދެން އޭނާ ވޯޓުދީފައިވަނީ، ހާލަންޑް އަދި އެމްބާޕޭ އަށެވެ.

މޮޅު ކޯޗުގެ އެވޯޑަށް ސަމޫހު ވޯޓު ދިނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ، ނަޕޯލީގެ ލޫޝިއާނޯ ސްޕަލެއްޓީ އަދި އިންޓަ މިލާންގެ ސިމޯން އިންޒާގީ އެވެ. ސުޒޭން ވޯޓު ދިނީ ގާޑިއޯލާ އާއި ސްޕަލެއްޓީގެ އިތުރުން ޒަވީ އަށެވެ. ޝިމާޒް ދިނީ ގާޑިއޯލާ، ޒަވީ އަދި ސްޕަލެއްޓީ އަށެވެ.

ސަރަހައްދުގެ އެެހެން ގައުމުތަކުގެ ވޯޓަށް ބަލާއިރު، އިންޑިއާގެ ކެޕްޓަން، ސުނިލް ޗެތުރީގެ ހޮވުމަކީ، ހާލަންޑްގެ އިތުރުން ރޮޑްރީ އާއި އޮސީމެން އެވެ. އިންޑިއާ ކޯޗު އީގޯ ސްޓިމަކްގެ ވޯޓުތައް ދިނީ، ރޮޑްރީ އާއި ހޫލިއަން އަލްވަރޭޒް އަދި ކެވިން ޑި ބްރޭނާ އަށެވެ. ނޭޕާލްގެ ކެޕްޓަން، ކިރަން ވޯޓު ދިނީ، މެސީ، ހާލަންޑް އަދި އެމްބާޕޭ އަށެވެ. ބަންގްލަދޭޝްގެ ކެޕްޓަން، ޖަމާލް ބުޔާން ވޯޓު ދިނީ، މެސީ، ހާލަންޑް އަދި ޑިބްރޭނާ އަށެވެ.