Advertisement

އަލީ ނިޔާޒާއެކު އެމްޑީޕީގެ އިތުރު 10 މީހަކަށް ޓިކެޓު ކަށަވަރުވެއްޖެ

15 ޖަނަވަރީ 2024 - 19:54 1

މެމްބަރު އަލީ ނިޔާޒް: ޖުމުލަ 46 މީހުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވެއްޖެ -- ފޮޓޯ: އަދަދު ފައިލް


އަލީ ނިޔާޒާއެކު އެމްޑީޕީގެ އިތުރު 10 މީހަކަށް ޓިކެޓު ކަށަވަރުވެއްޖެ

15 ޖަނަވަރީ 2024 - 19:54 1

ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒާއެކު އިތުރު 10 މީހަކަށް ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.

މާޗް 17، ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން 36 މީހަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވެފަ އެވެ. އެހެންކަމުން ޕްރައިމަރީއަކާ ނުލާ ޖުމުލަ 46 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވީ އެވެ.

އަލީ ނިޔާޒުގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒަށް ވެސް ވަނީ ޕާޓީ ޓިކެޓު ކަށަވަރުވެފަ އެވެ. އޭނާ ހަމަ އެ ދާއިރާއަށް މިފަހަރު ވެސް ކުރިމަތިލާއިރު އަލީ ނިޔާޒް ވާދަ ކުރައްވަނީ ކުރެންދޫ ދާއިރާއަށެވެ.

އެ އެންމެނަށް ވެސް ޓިކެޓު ކަށަވަރުވީ ޕްރަައިމަރީގައި ވާދަ ކުރާނެ އިތުރު މީހަކު ކުރިމަތިނުލުމުންނެވެ.

  1. އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  2. ސަލީމް ހުސެއިން - އިނގުރައިދޫ ދާއިރާ
  3. އަލީ ނިޔާޒް - ކުރެންދޫ ދާއިރާ
  4. ޝާތިރު - އަބްދުއްރަހްމާން ހުރާ ދާއިރާ
  5. ރުގިއްޔާ - މުހައްމަދު ދަނގެތި ދާއިރާ
  6. މޫސާ ޝިޔާމް އަބްދުﷲ އަލީ - މުލަކު ދާއިރާ
  7. އަބްދުﷲ ޝަރީފް - ގަމު ދާއިރާ
  8. އަހުމަދު ސައީދު - ގެމަނަފުށި ދާއިރާ
  9. އަހުމަދު ސައީދު - މުހައްމަދު ގައްދޫ ދާއިރާ
  10. އިބްރާހިމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް އެ ޕާޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.