Advertisement

އާޒިމާ ބަލި ގަބޫލު ކުރައްވައި، އާޒިމަށް މަރުހަބާ ކިޔައިފި

13 ޖަނަވަރީ 2024 - 20:35 0

ނިމާ ހަސަން

ނިމާ ހަސަން

ަމާލޭ މޭޔަރުގެ އިންތިހާބުގައި ދެވަނައާސް ދިޔަ އާޒިމާ; އޭނާ ވަނީ ބަލި ގަބޫލުކޮށް, އާޒިމަށް މަރުހަބާ ކިޔާފައި -- ފޮޓޯ: އިޔާން/ އަދަދު


އާޒިމާ ބަލި ގަބޫލު ކުރައްވައި، އާޒިމަށް މަރުހަބާ ކިޔައިފި

13 ޖަނަވަރީ 2024 - 20:35 0

މާލޭ މޭޔަރުގެ އިންތިހާބުން ދެވަނައަށް ދިޔަ އައިޝަތު އާޒިމާ ޝަކޫރު ބަލި ގަބޫލުކޮށް, އެ އިންތިހާބު ކާމިޔާބު ކުރި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް މަރުހަބާ ކިޔައިފި އެވެ.

އިންތިހާބުގެ ނަތީޖާ ޔަގީންވުމުން އާޒިމާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމަށް މަރުހަބާ ކިޔަމުން ވިދާޅުވީ, ސިޔާސީ ފިކުރާއި ތާއިދުކުރާ މީހަކަށް ބެލުމެއް ނެތި މާލޭގެ ރައްޔިތުންނަށް ފައިދާކުރާނެހެން ދޭ ހުރިހާ ހިދުމަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އިންތިހާބީ މޭޔަރު އާދަމް އާޒިމް އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ. މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ހިދުމަތްތަކަކަށް ޕާޓީގެ ފިކުރަކަށް ބެލުމެއް ނެތި އަޅުގަނޑު ތާއީދު ކުރާނަން،" އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވި އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް, މިހާތަނަށް ގުނި 49 ފޮށީގެ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމަށް އިންތިހާބު ކާމިޔާބުވެއްޖެ އެވެ. އޭނާއަށް ވަނީ މި އިންތިހާބުގައި 7000 އަށްވުރެ ގިނަ ވޯޓު ލިބިފަ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.

މިއަދުގެ އިންތިހާބުގައި 54،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓުލީ ގާތްގަނޑަކަށް އެ ހައްގު ލިބޭ މީހުންގެ ތެރެއިން 30 ވަރަކަށް ޕަސެންޓު މީހުން ކަމަށް މިހާތަނަށް ބެލެވެ އެވެ.