Advertisement

އެންޓޮނީ ފޯމު ގެއްލުނީ ދަނޑު ބޭރުގައި ހިނގާ ކަންކަމުން

13 ޖަނަވަރީ 2024 - 11:54 0


އެންޓޮނީ ފޯމު ގެއްލުނީ ދަނޑު ބޭރުގައި ހިނގާ ކަންކަމުން

13 ޖަނަވަރީ 2024 - 11:54 0

މެންޗެސްޓާ (ޖެނުއަރީ 13) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް އެންޓޮނީގެ ފޯމު ގެއްލުނީ ދަނޑު ބޭރުގައި ހިނގާ ކަންކަމަށް ފޯކަސް ކުރާތީ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

މި ސީޒަނުގައި އެންޓޮނީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނައިރު, އޭނާއާ ދެކޮޅަށް ގެވެށި އަނިޔާ އަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތި ކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރަމުން އަންނައިރު, އެންޓޮނީއާ ދެކޮޅަށް ފުލުހުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

"މިއީ (އެންޓޮނީގެ މައްޗަށް ކުރާ ތުހުމަތު) އެންޓޮނީ އަމިއްލަ އަށް ހައްލު ކުރަން ޖެހޭ މައްސަލައެއް އަހަރެން މި ހުރީ އެންޓޮނީ އަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް" ޓެން ހާގް ބުންޏެވެ.

މި ފަހުން އެންޓޮނީގެ ފޯމު ގެއްލި އެންމެ އެކަށޭނެ ކުޅުން އޭނާގެ ފަރާތުން ނުފެންނަނީ ދަނޑު ބޭރުގައި ހިނގާ ކަންކަމަށް އެންޓޮނީ ފޯކަސް ކުރަން ހަދައިގެން ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

"މިދިޔަ އަހަރު އޭނަ ދެއްކި ފޯމު ރަނގަޅު, މިދިޔަ ޕްރީ ސީޒަނުގައި އޭނަ ދެއްކި ކުޅުން ވެސް ރަނގަޅު. މި އަހަރުގެ ފުރަތަމަ ހަތަރު މެޗުގައި ވެސް މޮޅަށް ކުޅުނު. މައްސަލަ ދިމާވީ, އޭނާއާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ ތަހުގީގު ފެށި ހިސާބުން" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ އެންޓޮނީ އަޔަކްސްގައި ދެއްކި ކުޅުން ޔުނައިޓެޑުގައި ދައްކާތަން ބަލަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އެ ކުޅުން އޭނާގެ ފަރާތުން ޔުނައިޓެޑުގައި ތަކުރާރު ކުރެވިދާނެ ކަމަށާއި, ބޭނުމަކީ ދަނޑު މަތީގައި ހުރި ކަންކަމަށް ފޯކަސްކޮށް އަލުން ކުރިން ހުރި ފޯމަށް އައުމަށް މަސައްކަތް ކުރުން ކަމަށް ޓެން ހާގް ބުނެފައިވެ އެވެ.

އަޔަކްސް ދޫކޮށް އެންޓޮނީ ޔުނައިޓެޑަށް ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ 82 މިލިއަން ޕައުންޑަށެވެ. އެއީ ޔުނައިޓެޑުގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.