Advertisement

އާރްއޭސީއެލް: އަމާޒަކީ ސަރުކާރަށް ފައިދާވާ ކުންފުންޏަކަށްވުން

13 ޖަނަވަރީ 2024 - 08:25 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އާރްއޭސީއެލްގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރުން -- ފޮޓޯ: އާރްއޭސީއެލް


އާރްއޭސީއެލް: އަމާޒަކީ ސަރުކާރަށް ފައިދާވާ ކުންފުންޏަކަށްވުން

13 ޖަނަވަރީ 2024 - 08:25 1

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަކީ ޖެނުއަރީ 11، 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި 100 ޕަސެންޓު ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ސަރުކާރުން ހިންގާ އެއާޕޯޓްތަކުގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަގަނޅު ކުރުމަށާއި އެއާޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މި ކުންފުންޏަށް މިދިޔަ ބުރާސްފަތު ދުވަހު ވަނީ ތިން އަހަރު ފުރިފަ އެވެ.

އާރްއޭސީއެލުން ޖުމްލަ ހަ ޑޮމެސްޓިކް އެއާޕޯޓަކާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓަމުންދާ ކުންފުންޏެވެ. މިއަދު ޖުމްލަ 400 މުވައްޒަފުންނާއި އެކު ހިންގަމުންދާ އާރްއޭސީއެލުން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި:

  • ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއާޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާ ކުރުން.
  • އެއާޕޯޓުތަކުގަ ބޭނުންކުރާ އެކްސްރޭ މެޝިންތަކުގެ މެއިންޓަނަންސް ރަގަޅުކޮށް، ޑައުންޓައިމް ދަށްކުރުމަށްޓަކައި ރެޕިސްކޭން ބްރޭންޑް އޮތޮރައިޒޭޝަން ޕާޓްނާކަން ހޯދާ އެއާޕޯޓުތަކުގަ މައްސަލަޖެހިފައިވާ މެޝިންތައް ބަދަލުކުރުން.
  • ސެކިއުރިޓީ މެޝިންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭރަށް ފޮނުވައިގެން ތަމްރީނުކުރުން.
  • ސިވިލް އޭވިއޭޝަނުން ގަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތައްޔާރުކުރުން.
  • ކުންފުނީގެ ބެލެހެއްޓުމުގެ ދަޝުން ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުން.
  • ހަނިމާދޫ އިންޓްނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ފަށާ ބަލަހައްޓަމުން ގެންދިއުން.
  • ރާއްޖޭގެ ފުރަތަމަ ފަޔާ ސިމިއުލޭޓާ ހޯރަފުށީ އެއާޕޯޓުގައި ގާއިމްކުރުން.
  • ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭ ލައިޓްސް ގާއިމްކޮށް ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި 24 ގަނޑިއިރު ހިދުމަތްދެވޭ އެއާޕޯޓަކަށް ވުން.
  • ހޯރަފުށި އެއާޕޯޓުގައި ރަންވޭ ލައިޓްސް ގާއިމްކޮށް ޓެސްޓިންގް ފޭސްއާއި ހަމަހަށް ދިއުން.
  • ކުޅުދުއްފުށި އެއާޕޯޓްގެ ޕަސެންޖަރު ޓާމިނަލްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ރައީސްގެ "ހަފްތާ 14 މަގުޗާޓާއި" އެއްގޮތަށް މަސައްކަތްތައް ފެށުމަށްޓަކައި ބަޔަކު ހޯދުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް(އީއޯއައި) އަށް ހުޅުވާލުން.
  • އާރްއޭސީއެލް އާއި ކުޅުދުއްފުށި ކައުންސިލާއެކު ކުޅުދުއްފުށި އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުން.

އާރްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ ހެޑް އޮފީހުގެ އިތުރުން ރީޖަނަލް އެއާޕޯޓްސްތަކުގައި ވަނީ މި ދުވަސް ފާހަގަކޮށްފަ އެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ފާހަގަކުރެއްވި ގޮތުގައ،ި އެ ކުންފުނި އުފައްދައި ކުންފުންޏާއި އެއާޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. ނަމަވެސް، މިއަދު ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާކަން މުބީން ފާހަގަކުރެއްވި އެވެ.

އާރްއޭސީއެލްގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި އަމިއްލަ ފައި މައްޗަށް ތެދުވެ، ކުރިމަގު އުޖާލާ، ސަރުކާރަށް ފައިދާވާ އަދި ރައްޔިތުންނަށް އިތުބާރުހިފޭ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވުމެވެ.