Advertisement

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުވާ ޔުނާން ދޫކޮށްލިތާ މަހެއް ނުވަނީސް ހައްޔަރުކޮށްފި

11 ޖަނަވަރީ 2024 - 17:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ -


ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުވާ ޔުނާން ދޫކޮށްލިތާ މަހެއް ނުވަނީސް ހައްޔަރުކޮށްފި

11 ޖަނަވަރީ 2024 - 17:08 0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށްފަހު މިދިޔަ މަހު 14 ގައި ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އޭނާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ހައްޔަރުކުރީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓުން ނިންމުމުންނެވެ.

މިދިޔަ މަހު ކޯޓުން އޭނާ ދޫކޮށްލަން ނިންމީ ޝަރުތުތަކަކާ އެކު އެވެ. ނަމަވެސް އިތުރު ތަފުސީލުތަކެއް އޭރު ކަރެކްޝަންސް އިން އާންމެއް ނުކުރެ އެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު ގަ އެވެ.

އެ މައްސަލާގައި ރިހުލާވެސް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.