Advertisement

ހައްޖު ކަވަރު ކުރަން ދިވެހި މީޑިއާއަށް ފުރުސަތު ދޭން ސައުދީގައި އެދިއްޖެ

10 ޖަނަވަރީ 2024 - 14:46 0

ނިމާ ހަސަން

ނިމާ ހަސަން

އިސްލާމިކް މިނިސްޓަރު ޝަހީމް އަދި ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާން އައްރަބީއާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ހައްޖު ކަވަރު ކުރަން ދިވެހި މީޑިއާއަށް ފުރުސަތު ދޭން ސައުދީގައި އެދިއްޖެ

10 ޖަނަވަރީ 2024 - 14:46 0

ހައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރު ކުރުމަށް ދިވެހި މީޑިއާ އަށް ފުރުސަތު ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު, ސައުދީގައި އެދިވަޑައިގެންފި އެވެ.

ޑރ. ޝަހީމް މިކަމަށް އެދިވަޑައިގެންނެވީ މިއަދު ސައުދީ އަރަބިއްޔާގެ ހައުޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ބިން ފައުޒާން އައްރަބީއާ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ, ރާއްޖޭގެ ހައްޖު ކޯޓާ އިތުރު ކުރުމާ މެދު ވެސް މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ސައުދީގައި ކިޔަވަން ތިބޭ ދަރިވަރުން ހައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމުގެ ހުއްދަ ރަސްމީކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި އުމްރާވެރިންނާއި ހައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަން ކުރައްވައި, ޑރ. ޝަހީމް ވަނީ ސައުދީގެ ހައްޖު މިނިސްޓަރަށް ހަނދާލީ ލިއުމެއް ވެސް އަރުއްވާފަ އެވެ. އަދި ދިވެހި އުމްރާ އަދި ހައްޖުވެރިންނާ މެދު ބަހައްޓަވައި ދީލަތިކަމަށް ސަލްމާން ރަސްގެފާނާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ސައުދީ ސަރުކާރަށް ވެސް ޝަހީމް ޝުކުރު އަދާކުރެއްވި އެވެ.

ސައުދީގެ ހައްޖު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ޑރ. ތައުފީގު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަގުރީރެއް ކުރެއްވުމަށް ވެސް ދައުވަތު ދެއްވި އެވެ.

ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަގުރީރެއް ކުރެއްވުމަށް ދައުވަތު ދެއްވި ޑރ. ތައުފީގަކީ ކޮވިޑުގެ ބަލިމަޑުކަމުގައި ސައުދީގެ ހެލްތް މިނިސްޓަރެވެ.