Advertisement

ސިޓީ ކައުންސިލުން ހަށިފާރަވެރިންގެ ހިދުމަތްދީ، ފުލުސް އޮފީހެއް ނުހިންގާނަން: އާޒިމް

9 ޖަނަވަރީ 2024 - 17:43 0

މުހައްމަދު އުޝާމް

މ

Advertisement


ސިޓީ ކައުންސިލުން ހަށިފާރަވެރިންގެ ހިދުމަތްދީ، ފުލުސް އޮފީހެއް ނުހިންގާނަން: އާޒިމް

9 ޖަނަވަރީ 2024 - 17:43 0

Advertisement

Advertisement

މާލެ ސިޓީ ކައުންސިލްގައި ފުލުސް އޮފީހެއް އުފައްދައި ހަށިފާރަވެރިން ތަމްރީނުކޮށް މުސާރަ ދީ، މި ހަރަދުތައް ހިންގާ ގޮތަށް ކުރިއަށް ނުގެންދާނެ ކަމަށް، އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ ދަރުބާރު" ނަމުގައި، މާލޭގައި އުޅޭ މީހުންނަށް އާޒިމްއަށް ސުވާލު ކުރެވޭ ގޮތަށް މިރޭ ގެންދިޔަ ކެމްޕެއިން އިވެންޓެއްގައި އާޒިމަށް ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ބޯހިޔާވަހިކަމުގެ އިތުރަށް މާލެ ސަރަހައްދުގެ ކުށުގެ ރޭޓު ކުޑަކުރުމަށް ސިޓީ ކައުންސިލުން ކުރާނެ ކަންކަމާ ގުޅޭ ގޮތުންނެވެ.

Advertisement

އާޒިމް ވިދާޅުވީ އޭނާގެ ފުރަތަމަ ސިޔާސަތަކީ، ފުލުހުންގެ ހިދުމަތާއެކު ގާތުން މަސައްކަތްތަކެއް ކުރުން ކަަމަށެވެ. އަދި މާލެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ފުލުހުންގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރެވޭނެ ކަންކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ގޮތުގައި ހަށިފާރަވެރިންތަކެއް ތަމްރީނުކޮށް، ސިޓީ ކައުންސިލުން "ފުލުހުންގެ ދައުރު" އަދާ ކުރުމާ އޭނާ ދެކޮޅު ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު މޭޔަރު ކަމުގައި ސިޓީ ކައުންސިލްގައި ފުލުސް އޮފީހެއް ނުހިންގާނަން،" އެމްޑަބްލިއުއެސްސީއާއި އެމްޓީސީސީ ފަދަ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.

Advertisement

އާޒިމް އެހެން ވިދާޅުވި އިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ހާއްސަ ކޮންސްޓަބިއުލަރީ ފުލުހުންގެ ހިދުމަތެއް ގާއިމުކުރި އެވެ. މިއީ ފުލުހުންގެ ހިދުމަތާ ގުޅިގެން ތަމްރީނުކުރެވިފައިވާ ފުލުހުންނަށް ވި ނަމަވެސް މުސާރަ ދެނީ ސިޓީ ކައުންސިލުންނެވެ.

އާޒިމް ވިދާޅުވީ އެ ކަމަށް ހިނގާ ހަރަދުތައް މާލެ ސަރަހައްދުގައި ހުރި އެހެން މައްސަލަތައް ހައްލު ކުރުމަށް ހޭދަކުރެވޭނެ ކަމަށެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ލިބޭނެ ގޮތްތަކާއި މާލޭގައި އުޅޭ ބުޅާތައް ބަލަހައްޓާނެ ޕާކުތަކެއް ގާއިމު ކުރުމަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.