ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން މިއަދު ބުނެފި އެވެ.
ފަހުން ފައިސާ ދޭ ގޮތަށް މަސްވެރިންގެ އަތުން މަސް ކިރުމަށްފަހު ނުދީ ހުރި 100 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
"ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯއިން ބުނެފައިވެ އެވެ.
މަސްވެރިންނަށް މާދަމާ ފައިސާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނިއިރު، ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ މިހާރު ވެސް ނުދީ އެބަ އޮތެވެ. މި ސަރުކާރު ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 190 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފަ އެވެ.
މަސްވެރިންނަށް ސަރުކާރުން ފައިސާ ނުދޭތާ ދެ މަސް ފާއިތުވެފައިވާ ކަމަށް މަސްވެރިންގެ ޖަމިއްޔާތަކުން ބުނެ އެވެ.
"މިހާރު ދެތިން މަހޭ މިވަނީ ލާރިކޮޅު ނުލިބިގެން އުޅޭތާ، އެއް ރަށަކަށް ވެސް އެބަ އުޅެއޭ ފަންސާހަކަށް މިލިއަން ރުފިޔާ، ކީއްވެގެންތޯ އޭ ލަސްވެެގެން މިދަނީ، މަސްވެރިން މި ތިބީ ވަރަށް ދަތިވެފައި،" ގުރައިދޫގެ މަސްވެރިއަކު ވީޑިއޯ މެސެޖެއްގައި ބުނެފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment