ކޭލަކުނު ޕްރޮޖެކްޓް ހުއްޓާލަން އިތުރު ޖަމިއްޔާތަކުން ގޮވާލައިފި

9 ޖަނަވަރީ 2024 - 11:19 2

މުހައްމަދު އުޝާމް

މ

ކޭލަކުނުގެ ބިޔަ ގަސްތަކުގެ ތެރެއިން؛ ކޭލަކުނު ޕްރޮޖެކްޓާ ދެކޮޅަށް ޖަމިއްޔާތަކުން ބަޔާން ނެރެފި - ފޮޓޯ: ޝުރާއު


ކޭލަކުނު ޕްރޮޖެކްޓް ހުއްޓާލަން އިތުރު ޖަމިއްޔާތަކުން ގޮވާލައިފި

9 ޖަނަވަރީ 2024 - 11:19 2

ރާއްޖޭގެ ހަމައެކަނި "ޓްރޫ ފޮރެސްޓް" ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ސަރަހައްދު އޮންނަ ރަށް ކަމުގައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގާތީ އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ނުކުމެއްޖެ އެވެ.

މިއަދު އެ ކަމާ ދެކޮޅަށް ބަޔާން ނެރުނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި އީކޯކެއާ މޯލްޑިވްސް އާއި ބިލީފް މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ މޯލްޑިވްސްގެ އިތުރުން ތިމާވެށި ހިމާޔަތް ކުރަން ގޮވާލައި ހިންގަމުން ގެންދާ ސޭވް މޯލްޑިވްސް ކެމްޕެއިނުގެ ފަރާތުންނެވެ.

ފަސް ޖަމިއްޔާއަކާއި، ސޭވް މޯލްޑިވްސް ކެމްޕެއިން ގުޅިގެން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ގޮވާލާފައިވަނީ، އިންޓަނޭޝަނަލް ސޮޝައިޓީ ފޮ މެންގްރޫވް އީކޯސިސްޓަމްސް އިން 2001 ވަނަ އަހަރު ދިވެހި ސަރުކާރަށް ލަފާ ދީފައިވާ ގޮތަށް އެ ރަށަކީ "ބަޔޮސްފެއާ ރިޒާވް" އަދި ހިމާޔަތް ކުރެވިފައިވާ ރަށެއް ގޮތަށް ބޭއްވުމަށެވެ.

އިންޓަނޭޝަނަލް ސޮޝައިޓީ ފޮ މެންގްރޫވް އީކޯސިސްޓަމްސް އިން އޭރު ލަފާ ދީފައިވަނީ ކޭލަކުނަކީ ދުނިޔޭގައި ވެސް މަދުން ފެންނަ ބާވަތްތަކާއި ބަރުގަސްތައް ހިމެނޭ ގުދުރަތީ ވެއްޓެއް ކަމަށެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ސަރުކާރުގައި ކޭލަކުނަކީ، ތިމާވެށި ރައްކާތެރިކުުރުމުގެ ގާނޫނުގެ ދަށުން، ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ ރަށެއް ގޮތަށް ކަނޑައަޅާފައި ވެސް ވެ އެވެ. އެ ނިންމުން ދެމެހެއްޓުމަށް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ.

ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވިސްނަނިީ ފަޅާއި ކުޅި ތެރޭގައި ފްލޯޓިން ވިލާތަކެއް އެޅުމަށެވެ. ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ފްލޯޓިން ރޫމުތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ސަރުކާރު ކެބިނެޓުގައި މިހާރު އެކުލަވާފައިވާ ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމާފައިވަނީ، ތިމާވެއްޓާ ރައްޓެހި ވިޒިޓާ ސެންޓަރެއް ގާއިމުކުރުމަށާއި ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނުގެ މައުލޫމާތު ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ކޭލަކުނު ޓޫރިޒަމަށް ހުޅުވާލުމުން އީކޯ ކެއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކަނޑޫފަލާއި ޗަކަ ބިމުގެ ވަސީލަތްތަކުން ވެސް މުއްސަނދި އެ ރަށް ހިމާޔަތް ކުރުމަށް އެ ފަހަރު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.

ކޭލަކުނު އީކޯ ޓުއަރިޒަމަށް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އުތުރުގެ ސަރަހައްދަކީ ޓުއަރިޒަމްގެ ވިޔަފާރި އެންމެ ދަށް އެއް ސަރަހައްދެވެ. ހއ. އަތޮޅުގައި ދެ ރިސޯޓެއް އޮޕަރޭޓް ކުރާއިރު ހދ. އަތޮޅުގައި ރިސޯޓެއް ނެތެވެ. އެ ސަރަހައްދުގައި ޓުއަރިޒަމް ފުޅާކުރުމަށް ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމަށް މަޝްރޫއެއް މިދިޔަ ސަރުކާރުން ފެށި އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ނަންނި

about 1 year ago

ކުޅުދުއްފުށީގަ ކަމެއް ކުރަން އުޅެފިއްޔާ ނިކަން ތިމާވައްޓަށް ގެއްލުނ ވާނެ. ތި އެއަރޕޯޓް އަޅަން ފެށިމަވެސް ކިހާވަރެއް ދައްކާލި ތިމާވެށި ކުދިން

ރަބަތު

about 1 year ago

ކޭލަކުނަކީ ކުޅުދުއްފުއްޓެއް ނޫން . އެރަށް އެގޮތުގައި ބާއްވާފައި ރިސޯޓް ހަދަން ދޫކޮށްފައި ހުރި ކުޑަމުރައިދުއާއި ނާގޯށި ފަދަ ރަށްތައް ހުޅުވޭނެ ގޮތެއް ބެލުން ރަނގަޅު. ހ ދ ގައި ވެސް އެއް ރިސޯޓް ހިންގާ އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން.