Advertisement

ކީން ބުނަނީ ޔުނައިޓެޑުން ޓެން ހާގް ވަކިކުރަން މާ ދުވަހެއް ނެތް ކަމަށް!

9 ޖަނަވަރީ 2024 - 11:02 0


ކީން ބުނަނީ ޔުނައިޓެޑުން ޓެން ހާގް ވަކިކުރަން މާ ދުވަހެއް ނެތް ކަމަށް!

9 ޖަނަވަރީ 2024 - 11:02 0

ލަންޑަން (ޖެނުއަރީ 9) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކުރަން މާ ދުވަހެއް ނެތް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން، ރޯއީ ކީން ބުނެފި އެވެ.

ޔުނައިޓެޑްގެ ޓީމާ ގުޅޭ ކަންކަމުގައި ބަސްބުނުމުގެ ބާރު، ދާދި ފަހުން އެ ކްލަބްގެ 25 ޕަސެންޓް ހިއްސާ ގަތް އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ އިނިއޯސް ކުންފުނިން ވަނީ ނަގައިފަ އެވެ. އިނިއޯސްއާ ގުޅުން ރަނގަޅު ކަމަށް ޓެން ހާގް ވަނީ މީޑިއާގައި ބުނެފަ އެވެ. އެކަމަކު، އެ ވާހަކަ އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ދޮގުކުރެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތަކުގެ ވާހަކަތަކަށް ބާރު ލިބުނީ، ރޭ އައިޓީވީގައި އެ ކްލަބްގެ ކުރީގެ ކެޕްޓަން، ކީން ދެއްކި ވާހަކަތަކުންނެވެ. ކީން ބުނީ ވަރަށް އަވަހަށް، އިނިއޯސް އިން އެ މީހުން ބޭނުންވާ ކޯޗެއް ހަމަޖައްސާނެ ކަމުގެ މަންޒަރު މިހާރު ވެސް ފެންނަ ކަމަށެވެ.

"ރަނގަޅަކަށް ނޫން މިދަނީ، ޔުނައިޓެޑްގައި ކޮންމެ މީހަކަށް ވެސް މިހާރު އެނގޭނެ ރަނގަޅަށް ކަންކަން ނުދަންޏާ، ދާން ޖެހޭ ވަގުތު އެ އޮތީ ގާތުގައިކަން، ޓެން ހާގަށް ވެސް އޮތީ އެ ގޮތް،" ކީން ބުންޏެވެ.

"ކޯޗު އެބަ ބުނޭ ޕްރޮޖެކްޓެކޭ. އެކަމަކު އެ ނުއެއް ފެނޭ. އެހެން ޕްރޮޖެކްޓެއްގެ ވާހަކަ ދައްކާ މީހެއް މަހެއް ނޫނީ ދެ މަހެއް ނުވޭ މަގާމަކު ނުހުރެވޭ. މީގެ މުހިންމު ދައްކާ ކުޅުމުން އެ ޕްރޮޖެކްޓް ފެނުން، އެ މިހާރު ނުފެނޭ. އެހެންވީމަ، ބަދަލު އަންނާނެ އެ މަންޒަރު އެބަ ފެނޭ،" ޓެން ހާގް ވަކިކުރާނެ ކަމަށް އިޝާރާތްކޮށް ކީން ބުންޏެވެ.

ޓެން ހާގް، މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެެވެ. އެ އެއްބަސްވުމުގައިވާ ގޮތުން، ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭނެ އެވެ. އެކަމަކު، މި ސީޒަނުގައި ޔުނައިޓެޑުން ޓެން ހާގްގެ ކޯޗުކަމުގައި ލަދުވެތި ދަށް ނަތީޖާތަކެއް ނެރެމުން އަންނައިރު، އޭނާ އަށް މަގާމުގައި މާ ގިނަ ދުވަހު ހުރެވިދާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.