Advertisement

ޕާކް ކުރާނެ ޖާގަ ނެތުމުން ސްޓިކާ ޖެހުން މަޑުޖައްސާލައިފި

8 ޖަނަވަރީ 2024 - 17:32 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި ސްޓިކާ ޖަހާފައި -- ފޮޓޯ: އަދަދު


ޕާކް ކުރާނެ ޖާގަ ނެތުމުން ސްޓިކާ ޖެހުން މަޑުޖައްސާލައިފި

8 ޖަނަވަރީ 2024 - 17:32 0

މާލޭގައި ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާޖެހުން ވަގުތީ ގޮތުން ހުއްޓައިލައިފި އެވެ.

ފުލުހުން ބުނީ ސްޓިކާ ޖެހުން ވަގުތީ ގޮތުން މަޑުޖައްސައިލީ ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތް ހާލަތުގައި ކަމަށެވެ.

ފުލުހުން މިހެން ބުނިއިރު, މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ ސިފައިންގެ ހުންނަ ގްރީން ޒޯނާއި ސަލްމާން މިސްކިތް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫނީ ވެހިކަލް ޕާކު ނުކުރަން އިލްތިމާސްކޮށްފަ އެވެ.

ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރަން ގެނައި ބަދަލުތަކުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކުރުމުގެ އިތުރުން ފުލުހުން ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ މަގުތަކުގައި ބަރު އުޅަނދުތައް ޕާކު ނުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ވެހިކަލްތަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިލްތިމާސްކޮށްފައިވާ އިރު، ސަރުކާރާ ހަވާލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީ ސަރުކާރުގައި ކޮށްފައި ހުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށްދެއްވާފަ އެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރެއިން މިކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ ޕާކު ކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާ ކުރި މައްސަލައިގައި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުން ޕާކިން ޖޫރިނަމާނަތައް މާފުކުރުމުގެ ކުރިން ކުރީ ސަރުކާރުން ވެސް ވަނީ މި އަހަރުގެ ސެޕްޓެމްބަރު ފަހަކާ ހަމަޔަށް މިދިޔަ ފަސް އަހަރު ޖެހި ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ނުލިބޭ ބައި މާފުކޮށްދީފަ އެވެ.

މާލޭ ސަރަހައްދުގައި މަގުތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާއިރު، ސަރުކާރުން ބުނަނީ ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. މިއީ ކުރީ ސަރުކާރުން ވެސް ކުރަން ބުނެ ފަސް އަހަރުގެ ތެރޭގައި ނުކުރެވުނު ކަމެކެވެ.