Advertisement

އެއާޕޯޓުތަކަށް ފައިސާ ހޯދަން ވެފައިވާ ހަތް އެއްބަސްވުމެއް ބާތިލުކުރަނީ

9 ޖަނަވަރީ 2024 - 10:14 0

އަމަން ހަލީމް

އަމަން ހަލީމް


އެއާޕޯޓުތަކަށް ފައިސާ ހޯދަން ވެފައިވާ ހަތް އެއްބަސްވުމެއް ބާތިލުކުރަނީ

9 ޖަނަވަރީ 2024 - 10:14 0

ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ތަންފީޒުކުރަން ބޭނުންވާ ފައިސާ ހޯދަން ކުރީ ސަރުކާރުން ތައާރަފުކުރި ކޮރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ދިނުމަށް ލިބިފައިވާ ހަތް ހުށަހެޅުމެއް ބާތިލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މި ހުށަހެޅުންތައް ބާތިލުކުރަން ސަރުކާރުން ނިންމީ ފައިނޭންސް އެގްރިމެންޓުގެ ދަށުން ފައިސާ ދައްކަން ދިން މުއްދަތު އިތުރުކުރި ނަމަވެސް ނަމަވެސް އެ ފައިސާ ލިބޭނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

"ސަރުކާރަށް ފައިސާ ދައްކާފައި ނުވާ ހަތް ފަރާތަށް ފައިސާ ދެއްކުމަށް 20 ޖެނުއަރީ 2024 ގެ ނިޔަލަށް ފުރުސަތު ދެއްވުމަށް، 27 ޑިސެމްބަރު 2023 ގައި ބޭއްވި އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި ނިންމަފައި ވީނަމަވެސް އެފަރާތްތަކަށް އިތުރަށް މުއްދަތު ދީގެން ވެސް މި ފައިސާ ލިބޭނެ ކަމަށް ނުބެލެވޭތީ ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ނުދެއްވައި އެ ފަރާތްތަކާ ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.

މިހާރު ދީފައިވާ މުއްދަތާ ހަމައަށް ފައިސާ ނުލިބިއްޖެ ނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ސަރުކާރުން ހާމަކުރިޔަސް، ހުށަހެޅުންތައް ލިބުނު ފަރާތްތަކާއި ފައިނޭންސް ކުރަން އެއްބަސްވީ ކޮން އެއާޕޯޓުތަކަކަށް ކަމެއް އަދި ސާފެއް ނޫނެވެ. "އަދަދު" އިން އަންނަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ފައިސާ ހޯދުމުގެ ޒިންމާ މަތިކޮށްފައިވާ ހައުސިން މިނިސްޓްރީން ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ކްރޮސް ސަބްސިޑީ މޮޑެލްއިން ފައިނޭންސް ކުރުމުގެ އުސޫލުގައި ވާގޮތުން ކްރޮސް ސަބްސިޑީއަށް ރަށެއް ދެވޭނީ މަޝްރޫއު ނިމުމުން ނޫނީ ހަމައެކަނި އިންވެސްޓަރެއްގެ ގޮތުގައި ނަމަ އެ މަޝްރޫއަށް ހަރަދުވާނެ ފައިސާ އެއްކޮށް ދެއްކުމުންނެވެ. މިހެންކަމުން މިއިން އެއްވެސް ފަރާތަކުން ފައިސާ ނުދައްކަނީސް އުސޫލުގެ ތެރެއިން ރަށެއް، ފަޅެއް، ބިމެއް ހަވާލެއް ނުކުރެވޭނެ އެވެ.

އެޑިޓަރުގެ ނޯޓު


މި ހަބަރުގައި ކުރިން ހިމަނާފައިވާ ރަށުގެ ފޮޓޯ ވަނީ އުނިކުރެވިފަ އެވެ. އެއީ އެ ފޮޓޯ، މި ހަބަރާ ގުޅުމެއް ނެތުމުންނެވެ.