Advertisement

އިންޑިއާ މައްސަލައާއެކު އަނެއްކާ ވެސް ފެށީ ރައީސް އަޒުލުކުރުމުގެ ވާހަކަ

8 ޖަނަވަރީ 2024 - 12:57 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް : އިންޑިއާ މައްސަލައާއެކު އާޒިމް އަނެއްކާވެސް ފެށީ ރައީސް މުއިއްޒު އަޒުލުކުރުމުގެ ވާހަކަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިންޑިއާ މައްސަލައާއެކު އަނެއްކާ ވެސް ފެށީ ރައީސް އަޒުލުކުރުމުގެ ވާހަކަ

8 ޖަނަވަރީ 2024 - 12:57 1

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށް, ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުުމުގެ ވާހަކަ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ފައްޓަވައިފި އެވެ.

އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ.

"ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތިބޭފުން ތައްޔާރުތޯ؟ އަޒުލުކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟،" އާޒިމް ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ އަޑުތައް ގަދަވި އެވެ. އެ ވާހަކަތައް ފެށުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.

އެގޮތުން އިސްލާހާއެކު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި 56 މެންބަރުން ތިއްބެވެ.

ނަމަވެސް އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމާއެކު އެ ވާހަކަތައް ވަނީ މުޅީހެން މަޑުޖެހިފަ އެވެ. އޭގެ ފަހުންވެސް އެމްޑީޕީގެ މެންބަރަކު ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅިފަ އެވެ.

އެ މެންބަރުންތައް ޕާޓީއިން ވަކިވުމާއެކު، އެމްޑީޕީއިން ވަނީ ރައީސް އަޒުލުކޮށް މަގާމުން ވަކި ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނިންމާފައިނުވާ ކަމަށާއި އެކަމަށް މަސައްކަތް ވެސް ނުކުރާ ކަމަށް ބުނެފަ އެވެ.

"ސަރުކާރުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގާ ވާހަކަ އަޅުގަނޑުމެންނަށް އެންމެ ގިނައިން އިވެނީ ސަރުކާރާ ގުޅުން ހުރި ބޭފުޅުން ދައްކަވާތީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެބޭފުޅުން އަމިއްލަފުޅަށް ގަބޫލު ކުރެއްވެނީ ކަމަށް ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައްތަކެއް ނޫނީ ސިޔާސަތުތަކެއް އެބޭފުޅުންނަށް ގެންގުޅެވެނީ ކަމަށް،" އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

މިހާރު އެމްޑީޕީގައި ތިބީ 42 މަޖިލިސް މެންބަރުންނެވެ. މަޖިލީހުގައި ޑިމޮކްރެޓުން ތަމްސީލުކުރާ 13 މެންބަރުން އެބަތިއްބެވެ. އެ ދެ ޕާޓީގެ މެންބަރުން އެއްކޮށްލުމުން އަދިވެސް އިސްލާހާއެކު ރައީސް އަޒުލުކުރަން ބޭނުންވާ 54 މެންބަރުންގެ އަދަދު ހަމަވާނެ އެވެ.