Advertisement

ވެލެންސިއާގެ ބޯޑަށް އަޒްމީންގެ އިތުބާރެއް ނެތް ކަމަށް ނިންމައިފި

7 ޖަނަވަރީ 2024 - 14:03 0

އަތޫފް އާތިފް

އަތޫފް އާތިފް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ވެލެންސިއާގެ ބޯޑް މެމްބަރު، ހަސަން ވަހީދު (ދޮނާ).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ވެލެންސިއާގެ ބޯޑަށް އަޒްމީންގެ އިތުބާރެއް ނެތް ކަމަށް ނިންމައިފި

7 ޖަނަވަރީ 2024 - 14:03 0

ކުލަބް ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އަބްދުالله އަޒްމީން ވަކި ކުރަން ވެލެންސިއާގެ ބޯޑުން ނިންމައިފި އެވެ.

ވެލެންސިއާގެ ބޯޑު ބައެއް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެލެންސިއާގެ ބޯޑު މެމްބަރު ހަސަން ވަހީދު ވިދާޅުވީ, ކުލަބް ވެލެންސިއާ އިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ތާއިދު ކުރަނީ މުފާވިޒް ހާޝިމް (މުފާ) އަށް ކަމަށެވެ.

ހަސަން ވަހީދު ވިދާޅުވީ, ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން މިދިޔަ މަހު 26 ވަނަ ދުވަހު އިސްތިއުފާދީ ސިޓީއެއް "ވަޓްސްއެޕް" ކުރެއްވި ކަމަށެވެ. އަދި އެ ސިޓީ ވަޓްސްއެޕް ކުރުމުން ކުލަބް ވެލެންސިއާގެ މެއިލުން އެކަން އެފްއޭއެމްއާ ހިއްސާ ކުރެއްވިކަމަށެވެ.

"އަޒްމީން އިސްތިއުފާ ދެއްވީ ޓޮމްގެ ޕްރެޝަރު ވަރަށް ބޮޑޭ" ވިދާޅުވެފައި ކަމަށް ހަސަން ވަހީދު ވިދާޅުވި އެވެ.

ހަސަން ވަހީދު ވިދާޅުވީ, ވެލެންސިއާގެ މެއިލް އޮންނަނީ އަޒްމީން އަތުގައި އެކަނި ކަމަށާއި, އެ މެއިލް ވަނީ "ހިސޯރު" ކޮށްފައި ކަމަށެވެ. އަދި ވެލެންސިއާގެ މެއިލްގެ ޕާސްވޯޑް މި ފަހުން ދީފައިވެސް އެ ޕާސްވޯޑް ވަނީ އިރުކޮޅެއްގެ ތެރޭގައި ބަދަލުކޮށްފައި ކަމަށެވެ.

ތުހުމަތެއް އެ ކުރަނީ އަޒްމީންގެ އިސްތިއުފާ ސިޓީ އަޅުގަނޑު ފޮނުވީ އަޒްމީން އަޅުގަނޑަށް ޕާސްވޯޑް ދެއްވައިގެން

އަޒްމީން ވަނީ ވެލެންސިއާގެ މެއިލުން އޭނާގެ އިސްތިއުފާގެ ސިޓީ ފޮނުވާ ކާކުކަމެއް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެލެންސިއާގެ މެއިލްގެ ސެންޓް އައިޓަމުންވެސް އެ ސިޓީ ޑިލީޓްކޮށްފައިވާ ކަމަށް އަޒްމީން ވިދާޅުވިއެވެ. އެ ފަހަރު އަޒްމީން ވިދާޅުވީ, ވެލެންސިއާގެ މެއިލް ފަސް ބޭފުޅަކު ބޭނުން ކުރައްވާ ކަމަށެވެ. އެކަމަކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވަހީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެލެންސިއާގެ ނައިބު ޗެއާމަން އިލްމައު ހުސެއިން (މައު) އިބްރާހީމް ވިދާޅުވީ އިއްޔެ ފުލުހުން ބަލަމުން އަންނަ މައްސަލައާ (އަޒްމީންގެ އިސްތިއުފާ ސިޓީގެ މައްސަލައާ) ގުޅިގެން އޭނާ ފުލުހައް ހާޒިރުވެފައިވާ ކަމަށެވެ. އަދި ކަން ހިނގިގޮތް ފުލުހަށް ހިއްސާ ކުރައްވާފައިވާނެ ކަމަށް މައު ވިދާޅުވި އެވެ.

މައު ވިދާޅުވީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު މުފާއަށް ތާއިދުކުރައްވާ ދިން ސިޓީގައި ވެލެންސިއާ ބޯޑުގެ ފަސް މެމްބަރުންވެސް ސޮއި ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ މަހު 26 ވަނަ ދުވަހުގެރޭ ވެލެންސިއާގެ ބޯޑުން ވަނީ ޗެއާމަން ކަމުން އަޒްމީން ވަކިކޮށްފައި ކަމަށް މައު ވިދާޅުވި އެވެ.

"އަޒްމީންގެ އިތުބާރުނެތް ކަމަށް އަޅުގަނޑުމެން ނިންމީ އަޒްމީން ޓޮމް އަތުން ފައިސާ ނެގިކަން ތުހުމަތުކުރެވުމުން" ހަސަން ވަހީދު ވިދާޅުވި އެވެ.

ހަސަން ވަހީދު ވިދާޅުވީ, ވެލެންސިއާގައި އޮންނަނީ އެންމެ ސްޓޭމްޕެއް ކަމަށާއި, އަޒްމީން ވެލެންސިއާގެ ސްޓޭމްޕް ބޭނުން ކުރައްވަނީ "ނުގަވައިދުން" ކަމަށް ހަސަން ވަހީދު ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން، އަޒްމީން، "އަދަދު" އަށް ވިދާޅުވީ، ވެލެންސިއާގެ ބޯޑް މެމްބަރުންނަށް ނޭނގި އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

ވެލެންސިއާ އިން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ އެ އިދާރާގެ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި، މިހާރުގެ އެކްސްކޯ މެމްބަރު، މުފާ އަށް ތާއިދުކޮށް ސިޓީއެއް އޮތުމުން އެ މައްސަލައިގައި ގޮތެއް ނިންމުމަށް ގާނޫނީ ލަފާ ދިނުމަށް އެފްއޭއެމުން ވަނީ ފީފާ އަދި އޭއެފްސީގައި އެދިފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމުގައި ގޮތެއް ނިންމަައި، ދެއްވުމަށް އެފްއޭއެމްގެ އިންތިހާބުކަންކަން ބަލަހައްޓާ އިލެކްޓޯރަލް ކޮމެޓީން ވަނީ އެދިފަ އެވެ.

އެފްއޭއެމްގެ އިންތިހާބުކަންކަން ފެންމަތިވެފައިވާއިރު, ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވަނީ އެފްއޭއެމްގެ އިންތިހާބު މަޑުޖައްސައިލުމަށް އަންގައިފަ އެވެ.