Advertisement

ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަންގައި ރާއްޖޭގެ ޝަމްހާ އާއި ޔޫސުފް

7 ޖަނަވަރީ 2024 - 12:09 0


ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަންގައި ރާއްޖޭގެ ޝަމްހާ އާއި ޔޫސުފް

7 ޖަނަވަރީ 2024 - 12:09 0

އަންނަ މަހު އިރާގުގައި ބާއްވާ ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަންގައި ރާއްޖޭގެ ފަރާތުން، ޝަމްހާ އަހުމަދު އާއި ޔޫސުފް އިބްރާހިމް ވާދަކުރަން ނިންމާފައިވާ ކަމަށް އެތުލެޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ޖަރުމަނުގައި ދިރިއުޅެމުން އަންނަ، ޝަމްހާ ދާދި ފަހުން ވަނީ، ބާލިން މެރަތަން އަށް ކޮލިފައިވެފަ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފަސް މެރަތަން ތެރޭގައި ހިމެނޭ، ބާލިން މެރަތަން އަށް ކޮލިފައިވި ފުރަތަމަ ދިވެހި އަންހެން އެތުލީޓް، ޝަމްހާ، އަކީ ގަވާއިދުން ދިގު ދުވުމުގެ ރޭސްތަކުން ފުރުސަތު ހޯދައި، ރާއްޖެ ތަމްސީލް ކުރަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ބާލިން މެރަތަން އަށް ކޮލިފައިވީ، މިދިޔަ އަހަރުގެ އެ ރޭހުގެ ޓައިމިން ރަނގަޅުވުމުންނެވެ.

ބަގުދާދު އިންޓަނޭޝަނަލް ހާފު މެރަތަން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު، އިރާގުގެ ވެރި ރަށް ބަގުދާދުގަ އެެވެ.

ޔޫސުފް އާއި ޝަމްހާ ވަނީ މިދިޔަ އަހަރު، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް ވާދަކޮށްފަ އެވެ.

ދިގު ދުވުމަށް ބަލާއިރު، ޔޫސުފް އަކީ ވެސް ކުރިއެރުން ހޯދަމުން އަންނަ އެތުލީޓެކެވެ. ރާއްޖޭގެ ގައުމީ ލެވަލްގައި ދެމެހެއްޓެނިވި ގޮތެއްގައި ވާދަކޮށް ޔޫސުފް އަންނަނީ ކުރިއެރުން ހޯދަމުންނެވެ.