Advertisement

ހަ އަހަރަށްފަހު ހިރިޔާ ސްކޫލްގެ އުތުރަށް އޮންނަ މަގު ހުޅުވާލަނީ

6 ޖަނަވަރީ 2024 - 10:46 0

މާލެ

އަހުމަދު ސައީދު

އަހުމަދު ސައީދު

ހިރިޔާ ސްކޫލް ގެ އުތުރުރަށް އޮންނަ ސަބުދެލިމަގު ހުޅުވާލުމުގެ މަސައްކަތް މިއަދު ކުރަނީ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ހަ އަހަރަށްފަހު ހިރިޔާ ސްކޫލްގެ އުތުރަށް އޮންނަ މަގު ހުޅުވާލަނީ

6 ޖަނަވަރީ 2024 - 10:46 0

މާލެ

ބަންދުކޮށްފައި އޮންނަތާ ހަ އަހަރު ފަހުން، ސަބުދެލި މަގުގެ ހިރިޔާ ސްކޫލުގެ އުތުރަށް އޮންނަ ބައި ހުޅުވާލުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

މީގެ ހަ އަހަރު ކުރިން އެ މަގާއި، އެ ސަރަހައްދުން ބޮޑުތަކުރުފާނު މަގު ބަންދުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި، “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” ގެ ނަމުގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު އަދަމް ޝަރީފް މިއަދު ވިދާޅުވީ އެ މިނިސްޓްރީން ކުރަމުން ގެންދަނީ އެ މަހު ހުޅުވާލުމުގެ މަސައްކަތް އެކަނި ކަމަށަށެވެ.

ފަބްލިކް ވޯކްސްގެ މުވައްޒަފުން ކެރޭން ލޮރީއެއް ބެނުން ކޮށްގެން، އެތަނުގައި ހުރި އެކި ސާމާނު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މަސައްކަތާއި އިސްކޮށް ހަވާލުވެހުރި، މީހަކު ބުނީ މިއަދު އެ މަގު ސާފުކޮށް ނިމޭނެ ކަމަށެވެ.

"މި ތަނުގައި މިހުރީ، ދަރުމަވަންތަ ސްކޫލް ހަދަން ބޭނުންކުރި ބައެއް ސާމާނާއި، އިންޑަސްޓްރިއަށް ޒޯނުން ގެނެސް ހުރި ސާމާނުތަކެއް،" އެނާ ބުންޏެވެ.

ރައީސް އަބަދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ކޮރަލް ބޮލިވާޑް ޑިވެލޮޕްމަންޓް ކުންފުންޏަށް، ރަސްފަންނު ސަރަހައްދުން، 70،000 އަކަމީޓަރުގެ ބިން ދޫކުރީ، 28 ބުރީގެ ހަތަރު ޓަވަރު އެޅުމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ގެ ޖުލައި މަހު، ފެށި އެ ޕްރޮޖެކްޓުގެ ދަށުން، އެއް ޓަވަރުގެ ފައުންޑޭޝަންގެ އަމަލީ މަސައްކަތް ފެށުން ފިޔަވާ އިތުރު ކަމެއް ނުކުރެ އެވެ. އެ އަހަރުގެ ފަހުކޮޅު ސަރުކާރު ބަދަލުވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ އެ ޕްރޮޖެކްޓް ހުޅުމާލެ އަށް ބަދަލު ކުރުމަށެވެ.

ސަބުދެލި މަގު، ހިރިޔާ ސްކޫލްގެ އުތުރަށް އޮންނަ ބައި: މަގު ސާފުކޮށް މިއަދު ނިމޭނެ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޮޑުތަކުރުފާނު މަގުން ބަންދުކުރި ސަރަހައްދު، ރައީސް ސޯލިހު ހުޅުވައި ދެއްވީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގަ އެވެ.

މާފަންނު ކޮޅުގައި ދިރިއުޅޭ ގިނަ ބަޔަކު، ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި އެދުނު އެއް ކަމަކީ، ސަބުދެލި މަގުން ބަންދުކޮށްފައި އޮތް ސަރަހައްދު ހުޅުވާލުމެވެ.

"ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ، ތޮއްޖެހިފައިވާ މާލޭގެ ބިން އެންމެ ހެޔޮގޮތުގައި ހިފައިގެން، ހިތްފަސޭހަ މާހައުލެއްގައި އެކި ފަންތީގެ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ތަރައްގީގެ ޕްރޮކެޓް ހިންގޭ ތަނަކަށް މާލެ ބަދަލުކޮށްލުމަށް ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުންފުޅުގައި ހިމެނޭ ކަމެއް ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން މާލޭގެ އެންމެ އަގުބޮޑު ސަރަޙައްދަށް އެ ސަރަހައްދު ވެގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.