Advertisement

ހުލާސާކޮށް އިއްޔެ: ފުލުހުންގެ އިލްތިމާސެއް

6 ޖަނަވަރީ 2024 - 07:10 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގެ މަގެއް މަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރި އުޅަނދެއްގައި ސްޓިކާ ޖަހާފައި: ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ޖަހާ މައްސަލައަކީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހުލާސާކޮށް އިއްޔެ: ފުލުހުންގެ އިލްތިމާސެއް

6 ޖަނަވަރީ 2024 - 07:10 0

ސިފައިންގެ ހުންނަ ގްރީން ޒޯނާއި ސަލްމާން މިސްކިތް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ނޫނީ ވެހިކަލް ޕާކު ނުކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިހެން އިލްތިމާސްކޮށްފައި މިވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބޭއްވި ބައްދަލުވުމެއްގައި މަސްތުވާތަކެތި ޓްރެފިކިން ހުއްޓުވުމަށާއި ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރަން ނިންމި ނިންމުމާ ވިދިގެންނެވެ.

ޓްރެފިކް ބެލެހެއްޓުން ހަރުދަނާ ކުރަން ގެނައި ބަދަލުތަކުގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކުރުމުގެ އިތުރުން ފުލުހުން ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ މަގުތަކުގައި ބަރު އުޅަނދުތައް ޕާކު ނުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ވެހިކަލްތަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިލްތިމާސްކޮށްފައިވާ އިރު، ސަރުކާރާ ހަވާލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީ ސަރުކާރުގައި ކޮށްފައި ހުރި ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށްދެއްވާފަ އެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރެއިން މިކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއިރު އެމަނިކުފާނު ވަނީ ޕާކު ކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާ ކުރި މައްސަލައިގައި އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުން ޕާކިން ޖޫރިނަމާނަތައް މާފުކުރުމުގެ ކުރިން ކުރީ ސަރުކާރުން ވެސް ވަނީ މި އަހަރުގެ ސެޕްޓެމްބަރު 5 އާ ހަމަޔަށް މިދިޔަ ފަސް އަހަރު ޖެހި ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ނުލިބޭ ބައި މާފުކޮށްދީފަ އެވެ.

މާލޭ ސަރަހައްދުގައި މަގުތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާއިރު، ސަރުކާރުން ބުނަނީ ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ. މިއީ ކުރީ ސަރުކާރުން ވެސް ކުރަން ބުނެ ފަސް އަހަރުގެ ތެރޭގައި ނުކުރެވުނު ކަމެކެވެ.

މުހިއްމު ބައެއް ހަބަރު/ލިޔުން