Advertisement

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަލީ ނިޔާޒް ވާދަކުރައްވަނީ

5 ޖަނަވަރީ 2024 - 20:56 0

ނިމާ ހަސަން

ނިމާ ހަސަން

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ނިޔާޒް -- ފޮޓޯ: އަދަދު


ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަލީ ނިޔާޒް ވާދަކުރައްވަނީ

5 ޖަނަވަރީ 2024 - 20:56 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަލީ ނިޔާޒް ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އަލީ ނިޔާޒް އަކީ މިހާރު ހުޅުމާލެ ދާއިރާގެ މެންބަރެވެ. ހުޅުމާލެ ދާއިރާ ދޫކޮށް, މިފަހަރުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަން އޭނާ ވަނީ މިއަދު ހާމަ ކުރައްވާފަ އެވެ.

ނިޔާޒް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ދެ ދައުރުގައި ވެސް ފާދިއްޕޮޅު ކުރެންދޫ ދާއިރާއިން އެދާއިރާގެ އަގުލަބިއްޔަތު ދިނީ އެމްޑީޕީ ކެންޑިޑޭޓަކަށް ކަމަށާއި ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށެވެ.

އެމްޑީޕީ ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރައްވާނެކަން ހާމަކޮށް ނިޔާޒް ވިދާޅުވީ ކުރެންދޫ އަދި އޮޅުވެލިފުށި ރައްޔިތުންގެ ހައްގުުގައި މަޖިލީހުގައި ވަކާލާތުކޮށް ގާނުނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް, ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

"ފެހި ގާނޫނުއަސާސީއާއެކު ރާއްޖެއަށް ތައާރަފްވި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމުގައި ވެރިކަން ހިންގާ ޕާޓީއާ އެއްވަރުގެ ޒިންމާއެއް މައި އިދިކޮޅު ޕާޓީގެ ބޮލުގައި ވެސް އެޅިފައި އޮންނަ ކަމަށް ގަބޫލު ކުރަން" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުތައް ބަދަލުވާ ކޮންމެ ފަހަރަކު އެ ދާއިރާގެ ރައްޔިތުން ގެ އަގުލަބިއްޔަތުން ވަކި މުއްދަކަށް ވަކި ސިޔާސަތުތަކެއް ކުރިއެރުވުމަށް ވަކި ފިކުރަކަށް އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބަކު އެގޮތުގައި ދެމި ހުންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނިޔާ މިހެން ވިދާޅުވިއިރު, އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ކުރެންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ ދާދި ފަހުން އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ ޕާޓީ, ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

އޭނާ މަޖިލީހަށް ހޮވިވަޑައިގެންނެވިއިރު, ވެރިކަމުގައި އޮތީ އެމްޑީޕީ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ ޕާޓީ ބަދަލުކުރައްވާފަ އެވެ.