Advertisement

ޔުނައިޓެޑުން ބޭނުންވަނީ "ޓީމުގެ ބެޖަށްޓަކައި" ކުޅޭނެ ކުޅުންތެރިން

14 ޖަނަވަރީ 2024 - 12:14 0


ޔުނައިޓެޑުން ބޭނުންވަނީ "ޓީމުގެ ބެޖަށްޓަކައި" ކުޅޭނެ ކުޅުންތެރިން

14 ޖަނަވަރީ 2024 - 12:14 0

މެންޗެސްޓާ (ޖެނުއަރީ 14) - މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ވަނީ އެ "ޓީމުގެ ބެޖަށްޓަކައި" ކުޅޭނެ ކުޅުންތެރިން ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު, އެ ޓީމުގެ ހިއްސާދާރެއްގެ ގޮތުގައި ދާދި ފަހުން ކްލަބްގެ ފުޓްބޯޅައިގެ ކަންކަމުގައި ބައިވެރިވި، ޖިމް ރެކްލިފް މިރޭގެ މެޗަށް ހާޒިރުވާނެ ކަމަށް ބެލެވެ އެވެ.

މި މެޗަށް ޔުނައިޓެޑުން ނުކުންނައިރު, އެ ޓީމުން ވަނީ ޖޭޑަން ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް ބްރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފަ އެވެ. އަދި ރޭ ޑޯޓުމަންޑާ އެކު އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

ޓޮޓެންހަމް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ, ޔުނައިޓެޑަށް ބޭނުން ވަނީ މެޗުތަކުން މޮޅުވާން ކެތް މަދުވެފައިވާ ކުޅުންތެރިން ކަމަށެވެ.

"މި ޓީމަށް ބޭނުންވަނީ މެޗުތަކުން މޮޅުވާން މަސައްކަތް ކުރާ ކުޅުންތެރިން. އަހަރެން ބޭނުންވަނީ ޓޮޕް ޕްރޮފެޝަނަލް ކުޅުންތެރިން. ޓޮޕް ޕްރޮފެޝަނަލް ކުޅުންތެރިންނަކީ ކުލަބަށްޓަކައި ކުލަބްގެ ބެޖަށްޓަކައި ކުޅޭ ކުޅުންތެރިން" ޓެން ހާގް ބުންޏެވެ.

ރެކްލިފްގެ އަމާޒަކީ ޔުނައިޓެޑުން ދުރު ރާސްތާ ޕްލޭނެއްގައި އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމެވެ. އެހެންވެ ޔުނައިޓެޑުން މިހާރު އަމާޒު ހިފާފައިވަނީ ޒުވާން ސްކޮޑެއް އެކުލަވާލުމަށެވެ. އަދި ޔުނައިޓެޑުގެ ޔޫތު ޓީމުތައް ވަރުގަދަކޮށް ޔޫތު ޓީމުން ސީނިއާ ސްކޮޑަށް ކުޅުންތެރިން އުފެއްދުމަށް އެ ޓީމުން މަސައްކަތް ފަށާނެ އެވެ.

ޓެން ހާގު ވަނީ އެ ކަމަށް މަރުހަބާ ކިޔާފަ އެވެ. ޓެން ހާގް ބުނީ މިހާރު ވެސް އޭނާގެ ސްކޮޑުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށާއި, އެ ކުޅުންތެރިންނަކީ މުސްތަގުބަލުގައި ފިޔަ ޖަހާނެ ކުޅުންތެރިން ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު މެޗުތަކުގެ ތެރެއިން 14 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އެހެންވެ ޔުނައިޓެޑުން މި ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، ޓެން ހާގް ބުނީ ޔުނައިޓެޑުން މިދިޔަ ޓްރާންސްފާ މާކެޓުގައި އެ ޓީމުން ގެންނަން ބޭނުންވި ކުޅުންތެރިންގެ ސޮއި ހޯދިކަން ފާހަގަ ކޮށްފަ އެވެ.