Advertisement

ރޮނާލްޑޯ، ޗައިނާގައި ކުޅޭ މެޗުތަކުގެ ޓިކެޓުތައް ވިކި ހުސްވާން މާ އިރެއް ނުނެގި

4 ޖަނަވަރީ 2024 - 05:39 1


ރޮނާލްޑޯ، ޗައިނާގައި ކުޅޭ މެޗުތަކުގެ ޓިކެޓުތައް ވިކި ހުސްވާން މާ އިރެއް ނުނެގި

4 ޖަނަވަރީ 2024 - 05:39 1

ބެއިޖިން، ޗައިނާ (ޖެނުއަރީ 4) - ސައުދީ އަރަބިއްޔާގެ އަލް ނަސްރާ އެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޗައިނާ އަށް ކުރަން ހަަމަޖެހިފައިވާ ދަތުރުގައި ކުޅޭ މެޗުތަކުގެ ޓިކެޓު ވިއްކަން ހުޅުވާލިތާ މާ ގިނައިރުތަކެއް ނުވެ، ޓިކެޓުތައް ވިކި ހުސްވެއްޖެ އެވެ.

ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި، ރޮނާލްޑޯ، 38, އަކީ ވަރަށް މަގްބޫލު ކުޅުންތެރިއެކެވެ. އެހެންކަމުން، އެ ގައުމުގައި ރޮނާލްޑޯ ކުޅޭތަން ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ހޯދުމަށް، އޭނާގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

އަލް ނަސްރު މި މަހު ޗައިނާ އަށް ކުރާ ޓުއާގައި ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މި މަހުގެ 24 ވަނަ ދުވަހު ޝަންހާއީ ޝެންހުއާއާ ދެކޮޅަށް ކުޅޭ މެޗާއި މި މަހުގެ 28 ވަނަ ދުވަހު ޒެޖާންގް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ދެ މެޗުގެ ޓިކެޓު ވިއްކުމަށް އޮންލައިންކޮށް ހުޅުވާލީ ޗައިނާ ގަޑިން އިއްޔެ ހެނދުނު 11 ޖެހިއިރުއެވެ. އެކަމަކު، އިއްޔެ ހަވީރަށް އެއްވެސް އޮންލައިން ޕްލެޓްފޯމަކުން ޓިކެޓެއް ލިބޭކަށް ނެތެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ދެ މެޗަށް ނެރުނު ޓިކެޓުތަކުގެ ތެރެއިން އެންމެ އަގުބޮޑު ދެ ކެޓަގަރީ ފިޔަވައި، އެހެން ހުރިހާ ކެޓަރީއެއްގެ ޓިކެޓުތައް "ސިކުންތުކޮޅެއްގެ ތެރޭގައި" ވަނީ ވިިކި ހުސްްވެފަ އެވެ.