Advertisement

އުރީދޫ ސަބްމެރިން ކޭބަލް ދ. ކުޑަހުވަދޫއާ ގުޅާލައި ހިދުމަތް ފުޅާކޮށްފި

3 ޖަނަވަރީ 2024 - 17:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދ. ކުޑަހުވަދޫއަށް އުރީދޫގެ ސަބްމެރިން ކޭބަލް ގުޅާލުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ، ހުސެއިން ނިޔާޒު ވާހަކަދައްކަވަނީ -- ފޮޓޯ: އުރީދޫ


އުރީދޫ ސަބްމެރިން ކޭބަލް ދ. ކުޑަހުވަދޫއާ ގުޅާލައި ހިދުމަތް ފުޅާކޮށްފި

3 ޖަނަވަރީ 2024 - 17:21 0

އުރީދޫގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ދ. ކުޑަހުވަދޫއާ ގުޅާލައި އެ ކުންފުނިން ދެމުންދާ ހިދުމަތް އިތުރަށް ފުޅާކޮށްފި އެވެ.

ކުޑަހުވަދޫއަށް އުރީދޫގެ ސަބްމެރިން ކޭބަލް އެއްގަންކޮށް އެރަށުގައި ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލީ އިއްޔެ އެވެ.

ސަބްމެރިން ކޭބަލް ކުޑަހުވަދޫއާ ގުޅާލުން ފާހަގަކުރުމަށް އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ހުސެއިން ނިޔާޒު ވިދާޅުވީ އެ މަސައްކަތަކީ ދިވެހިންގެ ކުރިއަރަމުން އަންނަ ދިރިއުޅުމުގެ ހަލުވިކަމާ އެއްވަރަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ދެމުންދާ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަަސައްކަތުގެ އެއް ހަރުފަތް ކަމަށެވެ.

"މި ގުޅާލެވުނު ކޭބަލްގެ ސަބަބުން ކުޑަހުވަދޫއަށާއި ހުރިހާ ރައްޔިތުންނަށް ވެސް އިތުރު ފަސޭހަ ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން، މި މަސައްކަތުގައި ދރ. ކުޑަހުވަދޫ ކައުންސިލުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ދ. ކުޑަހުވަދޫއާ ގުޅައިލުމުން އެ ސަރަހައްދުގައި ދިރިއުޅޭ އުރީދޫގެ ކަސްޓަމަރުންނަށް އެއްވެސް ބުރުލެއް ނާރައި އެ ކުންފުނީގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.