Advertisement

ހެލްތުގެ ސްޓޭޓު މިނިސްޓަރު ތިން ދުވަސް ފަހުން އެންވަޔަރަމެންޓު މިނިސްޓްރީއަށް

3 ޖަނަވަރީ 2024 - 17:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މުހައްމަދު ޒަހީނު: އޭނާ ހެލްތު މިނިސްޓްރީން ވަކިކޮށް މިހާރު ވަނީ އެންވަޔަރަމެންޓު މިނިސްޓްރީއަށް އައްޔަންކޮށްފަ - ފޮޓޯ: ރައީސް އޮފީސް


ހެލްތުގެ ސްޓޭޓު މިނިސްޓަރު ތިން ދުވަސް ފަހުން އެންވަޔަރަމެންޓު މިނިސްޓްރީއަށް

3 ޖަނަވަރީ 2024 - 17:03 0

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމަށް މުހައްމަދު ޒަހީނު އައްޔަން ކުރެއްވިތާ ގިނަ ދުވަހެއް ނުވެ، އެންވަޔަރަމަންޓު މިނިސްޓްރީއަށް ބަދަލު ކުރައްވައިފި އެވެ.

މި ބަދަލު ގެނައިކަން ރައީސް އޮފީހުގެ އިސްނެގުމަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް އަދަދަށް އެނގިފައިވާ ގޮތުގައި ޒަހީން އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލުކުރީ މަގާމަށް އައްޔަން ކުރެއްވިތާ ތިން ދުވަސް ފަހުންނެެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" ނޫހަށް ވިދާޅުވީ މަގާމާއި އޮފީސް ބަދަލުކުރުމަކީ ހުރިހާ ސަރުކާރެއްގައިވެސް ހިނގާ ކަންކަން ކަމަށާއި ވަކި ހާއްސަ ކަމެއް މި ސަރުކާރަށް ވީތީ ހިނގާފައި ނެތް ކަމަށެވެ.

"އެއްތަނުން އަނެއް ތަނަށް ބޭފުޅުން ބަދަލު ކުރުމަކީ ވަކި ހާއްސަ ކަމެއް ނޫން، އެއީ ކޮންމެ ސަރުކާރެއްގައިވެސް ހިނގާ އާންމު ކަމެއް، އެވަގުތަކު އެބެފުޅަކަށް އެންމެ އެކަށޭނަ ތަނަކަށް ބޭފުޅުން އައްޔަން ކުރައްވަނި އަދި ބަދަލު ކުރައްވަނީ،" ޒަހީން ބަދަލުކުރުމާ ގުޅޭ ގޮތުން ސީދާ ސަބަބު ވިދާޅުވުމުގެ ބަދަލުގައި، ދުރުދުރުން ހަލީލު ވިދާޅުވި އެވެ.

ޒަހީން ކުރިން ވެސް ހެލްތު މިނިސްޓްރީގައި އުޅުއްވި އެވެ. އެއަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގައި ވެސް އުޅުއްވި އެވެ.

މި ސަރުކާރުގެ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރު ކަމަށް ނުވަތަ އެ ފެންވަރުގައި އައްޔަނުކުރާ ފަރާތްތަކުގެ ނަންތައް ކުރިން ހާމަކުރަމުން ދިޔަސް، މިހާރު އެ އުސޫލުން ހާމައެއް ނުކުރެ އެވެ. އައްޔަންކުރާކަން އެނގެނީ، ރައީސް އޮފީހުގެ ވެބްސައިޓަށް ފޮޓޯ އާއި ނަން އެރުމުންނެވެ.

މިގެނައި ބަދަލާ ގުޅޭ ގޮތުން ޒަހީނުގެ ބަހެއް ނުލިބުނެވެ.