Advertisement

ކޮލިފިކޭޝަން ބޯޑުގެ ސީއީއޯގެ މަގާމަށް މަރިޔަމް ފިޒާނާ އައްޔަނުކޮށްފި

2 ޖަނަވަރީ 2024 - 23:39 0

ފިޒާނާ (ކ) އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ފިޒާނާ މިހާތަނަށް ހުންނެވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


ކޮލިފިކޭޝަން ބޯޑުގެ ސީއީއޯގެ މަގާމަށް މަރިޔަމް ފިޒާނާ އައްޔަނުކޮށްފި

2 ޖަނަވަރީ 2024 - 23:39 0

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް މަރިޔަމް ފިޒާނާ ރަޝީދު މިއަދު އައްޔަނުކޮށްފި އެވެ.

އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިޔާ އިން މާސްޓާސް އިން އެޑިއުކޭޝަން ހާސިލުކޮށްފައިވާ ފިޒާނާ މިހާތަނަށް ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އަދި އޭނާ ދަނީ 2007 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މީގެ 23 އަހަރު ކުރިން 2000 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަކީ ޕޯސްޓު ސެކަންޑަރީ ސެޓްފިކެޓު އެކްރެޑިޓު ކުރަންޖެހޭ އިދާރާ އެވެ.

މީގެ ދެ އަހަރު ކުރިން 2021 ގައި ފާސް ކުރި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ބޮޑެތި ޒިންމާތަކެއް އެ އޮތޯރިޓީއާ ވަނީ މަތިކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން އޮތޯރިޓީގެ މައިގަނޑު ޒިންމާއަކީ ރާއްޖޭގައި ފޯރުކޮށްދޭ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކޮށ،ް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމުގެ މަސައްކަތްކުރުމެވ.

އޭގެ އިތުރުން، ރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި އެކްރެޑިޓްކުރުމާއި އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒު ކުރުމަކީ ވެސް ގާނޫނުގެ ދަށުން އެ އޮތޯރިޓީގެ ޒިންމާއެކެވެ.