Advertisement

"މުންނާރު" ޓީވީ ޗެނަލް ހިންގަން އިސްލާމިކް މިނިސްޓްރީއަށް ދެނީ

2 ޖަނަވަރީ 2024 - 21:57 1

ޕީއެސްއެމް ހިންގާ އިމާރާތް: މުންނާރު ޗެނަލް އުފެއްދީ ވެސް އިސްލާމިކް މިނިސްޓްރީން ދިން ފައިސާއިން -- ފޮޓޯ: އަދަދު ފައިލް


"މުންނާރު" ޓީވީ ޗެނަލް ހިންގަން އިސްލާމިކް މިނިސްޓްރީއަށް ދެނީ

2 ޖަނަވަރީ 2024 - 21:57 1

ޕަބްލިކް ސާވިސް މީޑިއާގެ ދީނީ ޕްރޮގްރާމާއި މައުލޫމާތު ގެނެސްދޭން ހާއްސަކޮށްފައިވާ މުންނާރު ޗެނަލް ހިންގަން އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރަން ނިންމައިފި އެވެ.

މުންނާރު ހިންގަން އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރަން ޕީއެސްއެމްއިން ނިންމީ އެ ކުންފުނީގެ ބޯޑުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޕީއެސްއެމްގެ ބޯޑުން ނިންމީ އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެކުލާވާލާ އެއްބަސްވުމެއްގެ ދަށުން މުންނާރު ޗެނަލް ހިންގަން ހަވާލު ކުރުމަށެވެ. އެ ޗެނަލް ހިންގުން މިނިސްޓްރީއާ ހަވާލު ކުރުމަށް ނިންމިއިރު، ޖެނުއަރީ 25، ގައި އިސްލާމިކް ޓީވީ ޗެނަލެއް ލޯންޗު ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ ހަތް އަހަރު ކުރިން ޑިސެމްބަރު، 2016، ގައި މުންނާރު ޗެނަލް ޕީއެސްއެމްއިން ލޯންޗު ކުރީ ވެސް އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

އެ ޗެނަލް އުފެއްދުމަށް ބޭނުންވާ ތަކެތި ގަތުމަށް އިސްލާމިކް މިނިސްޓްރީން ޒަކާތު ފަންޑުން، ވަގުފު ފަންޑަށް ޓްރާންސްފާ ކުރުމަށްފަހު ޕީއެސްއެމްއަށް 7.9 މިލިއަން ރުފިޔާ ދޫކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފައިސާއަށް ވީނުވީއެއް ނޭނގޭ ކަމަށް އޮޑިޓު އޮފީހުން ހެދި ރިޕޯޓަކުން ދައްކަ އެވެ.

އޮޑިޓު އޮފީހުން ނޮވެމްބަރު، 2018، ގައި ނެރުނު އެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީން ޕީއެސްއެމްއަށް ދިން 7.9 މިލިއަން ރުފިޔާގެ ތެރެއިން އޮކްޓޯބަރު، 2018، ގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 1،638،533 ރުފިޔާ ކަމަށެވެ.

އެހެންކަމުން ޗެނަލް ހިންގަން ދިން ފައިސާއިން ބާކީ 6،265،180 ރުފިޔާ ހުންނަންޖެހެ އެވެ. އެކަމަކު އެ ފައިސާއިން ބާކީ ހުރި ކަމަށް ދެއްކީ އެންމެ 4،805،606 ރުފިޔާ އެވެ. ޖުމުލަ 1459574 ރުފިޔާއަށް ވީ ގޮތެއް ނޭނގެ އެވެ. އޮޑިޓު އޮފީހުން ބުނީ އެ ފައިސާއިން އެހެނިހެން ކަންކަމަށް ހަރަދުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.