Advertisement

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

2 ޖަނަވަރީ 2024 - 11:42 0

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވަނީ: އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތިން މަސް ދުވަހުގެ ތެރޭގައި -- ފޮޓޯ: ރައީސް އޮފީސް


އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

2 ޖަނަވަރީ 2024 - 11:42 0

ދިވެހިރާއްޖެއަށް އަލަށް ތައާރަފު ކުރި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއަދު ތަސްދީގު ކުރެއްވި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ގެޒެޓު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ޖަމިއްޔާ އާއި ޓްރޭޑް ޔޫނިއަން ހެދުމުގެ ހައްގުު ލިބޭނެ އެވެ. މަސައްކަތްތެރިންނާއި ވަފީޒާ ދޭ ފަރާތްތަކާ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރާނެ ގޮތް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެ ބިލު ރަައީސް ތަސްދީގު ކުރެއްވުމުން، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ހަމަޖައްސަވަން ޖެހެ އެވެ. ޖަމިއްޔާތަކާއި ޔޫނިއަންތައް ރަޖިސްޓްރީ ކުރުމާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތާ ދެމެދު ޖެހޭ މައްސަލަތައް ބެލުމަކީ ރަޖިސްޓްރާ އޮފް ޔޫނިއަންގެ މަސްއޫލިއްޔަތެކެވެ.

އެ ގާނޫނުގެ ދަށުން ޔޫނިއަންތައް ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލަންޖެހެ އެވެ. އަދި އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހަދާފައިވާ ޖަމިއްޔާ ނުވަތަ ޔޫނިއަންތައް، އެ ގަވާއިދަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.