Advertisement

މެއި ޑޭގައި މިފަހަރު ވެސް މަސައްކަތްތެރިންގެ ރެލީއެއް ބާއްވަނީ

26 އޭޕްރީލް 2024 - 20:34 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މެއި ޑޭގައި މިފަހަރު ވެސް މަސައްކަތްތެރިންގެ ރެލީއެއް ބާއްވަނީ

26 އޭޕްރީލް 2024 - 20:34 0

ދުނިޔޭގައި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މެއި 1، ގައި މާލޭގައި މިފަހަރު ވެސް ރެލީއެއް ބާއްވަން ނިންމައިފި އެވެ.

އެ ރެލީ އިންތިޒާމް ކުރަނީ ރާއްޖޭގައި ހިންގާ ހަ ޔޫނިއަންއަކާއެކު މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިސްވެ އޮވެ އެވެ.

"މަސައްކަތްތެރިންގެ މަސައްކަތް ސެލެބްރޭޓް ކުރުމުގެ ގޮތުން އަދި ކޮންސާންސް ފާހަގަކޮށް އަޑުއުފުލުން ރެލީގެ ބޭނުމަކީ. ރާއްޖޭގައި މަސައްކަތް ކުރާ އެންމެނަށް ވެސް އެ ރެލީގައި ބައިވެރިވެވޭނެ،" އެމްޓީޔޫސީގެ ފާތިމަތު ޒިމްނާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޒިމްނާ ވިދާޅުވީ ރެލީގެ މައިގަނޑު ޑިމާންޑަކީ މިހާރު ފާސްކޮށްފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމެވެ. އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ބިނާ ކުރުމަކީ ވެސް ރެލީގެ ބޮޑު ޑިމާންޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ތަސްދީގު ކުރީ ޖެނުއަރީ 2، 2024، ގަ އެވެ. ނަމަވެސް އެ ބިލަށް އަމަލު ކުރަން ފެށީ މި ހިނގާ އޭޕްރީލް 2، ގަ އެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ޖަމިއްޔާ އާއި ޓްރޭޑް ޔޫނިއަން ހެދުމުގެ ހައްގުު ލިބޭނެ އެވެ. މަސައްކަތްތެރިންނާއި ވަފީޒާ ދޭ ފަރާތްތަކާ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރާނެ ގޮތް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މަސައްކަތު މާހައުލުގެ ރައްކާތެރިކަން ނުލިބުމަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެންމެ ބޮޑަށް އެކަން ފާހަގަ ކުރެވެނީ ކޮންސްޓްރަކްޝަން އިންޑަސްްޓްރީގަ އެވެ. އެކަށީގެންނުވާ މާހައުލެއްގައި މަސައްކަތް ކުރުމުން ނުވަތަ ސޭފްޓީއެއް ނެތި މަސައްކަތް ކުރުމުން ބޮޑެތި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.