Advertisement

ޑީއެޗްއެލްގެ މުދާތަކެއް ފޭރުނު މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި

1 ޖަނަވަރީ 2024 - 15:34 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޑީއެޗްއެލްގެ މަާލޭގައި ހުންނަ މައި އޮފީސް.


ޑީއެޗްއެލްގެ މުދާތަކެއް ފޭރުނު މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި

1 ޖަނަވަރީ 2024 - 15:34 0

ރާއްޖޭން ބޭރަށް މުދާ ފޮނުވުމާއި މުދާ ގެނެސްދިނުމުގެ ހިދުމަތް ފޯރުކޮށްދޭ ޑީއެޗްއެލްގެ ވޭނެއް ހުއްޓުވައި މުދާތަކެއް ފޭރުނު މައްސަލާގައި ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި 19 އަހަރުގެ ދެ ފިރިހެނުންނެވެ. ދެ މީހުންނަކީ ވެސް މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ.

މި ދެ މީހުންނަށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ދެ މީހުނަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވެ އެވެ. ބަންދުގެ މުއްދަތު ޖަހާފައި ވަނީ، ފޭރުމުގެ މި އަމަލުގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މި ދެ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ހުޅުމާލެ އަދި މާލޭގެ ސީސީޓީވީ ކެމެރާ ފުޓޭޖްތަކެއް ހިމެނެ އެވެ.