ހުޅުލެއަށް 24 ގަޑިއިރު ތެރޭ ރެކޯޑު 179.9 މިލިމީޓަރުގެ ވާރޭ

ހުޅުލޭ އެއާޕޯޓަށް ދާ މަގުގައި އާދަޔާ ހިލާފަށް ފެން ބޮޑުވެފައި

ހުޅުލޭ އެއާޕޯޓަށް ދާ މަގުގައި އާދަޔާ ހިލާފަށް ފެން ބޮޑުވެފައި

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 179.7 މިލިމީޓަރުގެ ވާރޭ ހުޅުލެއަށް ވެހިފައިވެ އެވެ. މިއީ 24 ގަޑިއިރު ތެރޭ މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ. އިއްޔެ މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ރަށެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބ. ގޮއިދޫ އެވެ. އެ ރަށަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

އިއްޔެ ކުރި ވިއްސާރާގައި މުޅި މާލޭ ގައި ފެންބޮޑުވި އެވެ. އަދި ގިނަ ފްލައިޓުތަކެއް ޑިލޭ ވެ، ކެންސަލްވެސް ކުރި އެވެ. 

ލެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވި 96 އާއިލާއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލު ކުރުމަށް ނިންމާފައިވެ އެވެ. ރޭގެ ވަގުތެއްގައިވެސް، ބައެއް ގެތަކުން މީހުން ބަދަލު ކޮށްފައިވެ އެވެ.

މީގެ އިތުރުން އެކި ރަށްރަށަށް ގިނަ ގެއްލުންތަކެއް ވެ، އެ ރަށްތަކުގެ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތް ކޮށްފައިވެ އެވެ.

މީގެ ތެރޭގައި ފ. ނިލަންދޫ، ކ.  ގުރައިދޫ، ލ. ގަން އަދި ފޮނަދޫ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox