Advertisement

މާލޭގައި ފެން ހިންދަން އެހީތެރިވާން އެލިއާއިން އެމްއެންޑީއެފަށް ފެން ޕަންޕެއް ހަދިޔާކޮށްފި

31 ޑިސެންބަރު 2023 - 21:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެލިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި ފެންޕަންޕު ސިފައިންނާ ހަވާލުކުރަނީ - ފޮޓޯ: އެލިއާ


މާލޭގައި ފެން ހިންދަން އެހީތެރިވާން އެލިއާއިން އެމްއެންޑީއެފަށް ފެން ޕަންޕެއް ހަދިޔާކޮށްފި

31 ޑިސެންބަރު 2023 - 21:18 1

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެން ބޮޑުވެ، އެ ފެން ހިންދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެލިއާ އިންވެސްޓްމަންޓުން ފެން ހިއްކާ ޕަންޕެއް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެމްއެންޑީއެފަށް ހަދިޔާ ކުރީ މި އަހަރު ރާއްޖެއަށް އަލަށް ތައާރަފުކުރި ދުނިޔޭގެ މަޝްހޫރު ޓޯޓަލް ޓޫލްސް ބްރޭންޑުގެ ޑީސެލް ޕަންޕެއް ކަމަށެވެ.

"ހުދު އެލާޓަކުން އޮރެންޖު އެލާޓަށް ބަދަލުވެ މާލޭގައި ފަހުގެ ތާރީހެއްގައި ފެން ބޮޑު ނުވާ ވަރަށް ވަނީ ފެންބޮޑުވެފަ. ގައުމަށް ދިމާވާ މިދަދަ ހާލަތްތަކުގައި އެލިއާއަކީ އަބަދުވެސް އެހީވުމުގެ ދެގޮތެއްނުވާ ކުންފުންޏެއް،" އެ ކުންފުނިން ބުންޏެވެ.

ވޭތުވެދިޔަ ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެގޮތުން މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭ ތިން އަތޮޅަކަށް ސަރަހައްދަށް އޮރެންޖު އެލާޓް ވެސް ވަނީ ނެރެފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މީގެ ކުރިންވެސް އެކި ދުވަސްވަރު މާލޭގައި ފެން ބޮޑުވުމުން އެ ކުންފުނިން ވަނީ ފެން ހިންދާ ޕަންޕު ހަދިޔާކޮށްފަ އެވެ.