Advertisement

ރޯމާ ބަލިކޮށް ޔުވެންޓަސް އިން ފަރަގުކުޑަކޮށްފި

31 ޑިސެންބަރު 2023 - 12:30 0


ރޯމާ ބަލިކޮށް ޔުވެންޓަސް އިން ފަރަގުކުޑަކޮށްފި

31 ޑިސެންބަރު 2023 - 12:30 0

ޓިއުރިން (ޑިސެމްބަރު 31) - އިޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 1-0 އިން މޮޅުވެ، ޔުވެންޓަސް އިން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އިންޓަ އޮތީ 18 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް 18 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނުން ރޭ ވަނީ ސަސުއޯލޯ އަތުން 1-0 އިން މޮޅުވެފަ އެވެ. މިލާނަށް 18 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ރޭގެ މެޗުގައި ކުޅުނު ޔުވެންޓަސް އިން މެޗުގައި ފެނިގެންދިޔަ ހަމަައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 47 ވަނަ މިނިޓްގައި މި ގޯލު ޖެހީ، ޑޫސާން ވްލަހޯވިޗް ދިން ބޯޅައަކުން އެޑްރިއަން ރަބިއޯ އެވެ.

ޔުވެންޓަސް އިން މި މެޗުގައި ދެ ވަނަ ގޯލެއް ވެސް ޖެހި އެވެ. އެ ގޮތުން، ފެޑެރީކޯ ކިއޭސާ ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވެސް އޮފްސައިޑް ކަމަށް ނިންމުމުންނެވެ.

މިލާނުން ސަސުއޯލޯ އަތުން މޮޅުވި މި މެޗުގައި ޖެހި ހަމައެކަނި ގޯލު މިލާން ޓީމަށް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ، މި މެޗުގައި މިލާނުން ޖެހި ދެ ގޯލެއް ވީއޭއާރް އިން ބަލައިނުގަންނަން ނިންމި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ކުޅުނު ފަހު މެޗުން ވަނީ ލަނޑެއް ނުޖެހި، 0-0 އިން މޮންޒާއާ އެއްވަރުވެފަ އެވެ. ނަޕޯލީ އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ، 18 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.